Advertisement

ޒަމްޒަމް ފާރިޝް --

30 Nov 2023
ޚަބަރު
ނޫން

ރައީސް ސޯލީޙުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރި އަރަބިއްޔާގެ ޓީޗަރެއްގެ ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތިވެއްޖެ

ރައީސް ސޯލިޙްގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްކޮށް ސޯޝަލްމީޑިއާގައި ފާޑުކިޔަމުން ދިޔަ، ޢަރަބިއްޔާ ސްކޫލުގެ ޓީޗަރަކު އެސްކޫލުގެ ދެ ޖިންސުގެ ދަރިވަރުންތަަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއް ފެންމަތިވެ، މި ސަރުކާރުން އެމައްސަލަ ބަލަން ފަށައިފިއެވެ.

ބައެއް މީޑިއާތަކުގަޔާއި އަދި އެމައްސަލައިގެ ޙަޤީޤަތް އެނގޭ ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ބުނެފައި ވަނީ، މައްސަލައިގެ ތުހުމަތު ކުރެވިފައި ވަނީ، ޢަރަބިއްޔާ ސްކޫލުގެ ޓީޗަރެއް ކަމަށްވާ ޒަމްޒަމް ފާރިޝްގެ މައްޗަށް ކަމަށެވެ. އޭނާގެ މައްސަލަ ފަޅާއަރާފައި ވަނީ އޭނާގެ ފުށުން ޖިންސީ ފުރައްސާރައާއި ކުރިމަތިލާންޖެހުނު ބައެއް ދަރިވަރުން ސްކޫލުގެ ބައެއް ފަރާތްތަކަށް އެވާހަކަތައް ކިޔައިދިނުމުންނެވެ.

މިމައްސަލަ ބަލަމުންދާ ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މައްސަލައާ ގުޅޭ ގޮތުން އެމިނިސްޓްރީ އަޅާފައިވާ ފިޔަވަޅެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. 

ބައެއް މީޑިއާތަކުަގއި ރިޕޯޓުކޮށްފައިވާ ގޮތުގައި ޒަމްޒަމް ފާރިޝްގެ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

ޒަމްޒަމް ފާރިޝަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރާއި ދެކޮޅަށް ސޯޝަލްމީޑިއާގައި ނަފުރަތާއި ފިތުނަވެރިކަން އުފެދޭ ގޮތްގޮތަށް ވާހަކަ ދައްކަމުން އައި މީހެކެވެ. 

ޒަމްޒަމް ފާރިޝްއަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތައް ދޮގުކޮށް އެކްސްގައި އޭނާ ކުރި ޕޯސްޓްގައި ބުނެފައި ވަނީ، އެކަމަކީ އޭނާ ފްރޭމް ކުރުމުގެ ޢަމަލެއް ކަމަށެވެ. މިގޮތުން، އިންޑިއާ އައުޓު މައްސަލައިގައި ވެސް އުޅުނީ ފްރޭމްކުރަން ކަމަށާއި، އަދި މިހާރު ވެސް އުޅެނީ ފްރޭމް ކުރަން ކަމުގައި އޭނާ ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނީ، ސަރުކާރުގެ މަތީފަޑި ބަދަލުވިޔަސް ތިރިއޮތީ ހަމަ އޮތްގޮތަށް ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމަކީ، ބޮޑެތި ޢަދަބުތައް ލިބޭނެ ކުށެކެވެ. އަދި ޚާއްސަކޮށް އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުއްޖަކަށް ޖިންސީ ގޯނާއެއް ކޮށްފިނަމަ ލިބޭ އަދަބު ބޮޑުވެގެން ދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.