Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

01 Dec 2023
ޚަބަރު
ނޫން

ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސްއިން އުފައްދާ ދިޔާބޭހެއް ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފި

ޕާކިސްތާންގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފާމިކްސް ލެބޯރެޓަރީސްއިން އުފައްދާ ދިޔާބޭސް ރާއްޖޭގައި އެތެރެކޮށް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފިއެވެ.

މިބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފައިވަނީ މިކުންފުނިން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް(DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާވާފައިވާތީއެވެ.

މި ބޭސް ބޭނުންކުރުން މަނާކޮށްފައިވަނީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މިކުންފުނީގެ ދިޔާބޭހުގައި ކެމިކަލްގެ މިދެމާއްދާ ހިމެނޭކަމަށް އެލަރޓް ކުރުމުގެ އިތުރުން ރާއްޖޭގެ މާކެޓްގައި ހުރި މިކުންފުނީގެ 2 ބޭހަކުންވެސް ކެމިކަލް ފެނުމުގެ ސަބަބުން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސް ކުންފުނިން އުފައްދާ ދިޔާ ބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭނުން ކުރުމަކީ މަނާކަމެއް ކަަމަށް އެއޮތޯރީޓިން ބުނެއެވެ.

މި ބޭސްތައް ފާމަސީތަކުން ނަގާ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ އަންގާފައެވެ. ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސްގެ 6ބޭހެއް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.