ޚަބަރު
ޚަބަރު
03 Dec 2023
ޚަބަރު
1 ޖަނަވަރީން ފެށިގެން ހުކުރު ޚުޠުބާ ޓީވީން ދައްކާނީ ސަބްޓައިޓަލްއާއިއެކު: ޝަހީމް
1 ޖެނުއަރީ 2024 ވަނަ ދުވަހުން ފެށިގެން ހުކުރު ޚުޠުބާ ޓީވީން ދައްކާ ވަގުތުގައި އިނގިރޭސި ތަރުޖަމާއާއެކު ގެނެސްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.
03 Dec 2023
ޚަބަރު
އިމިގްރޭޝަންގެ ސަރަހައްދީ އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހައެއް
އިމިގްރޭޝަންގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް މިއަދުން ފެށިގެން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 އަތޮޅަކުން ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަސްކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވައިފިއެވެ.
03 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ތިންމެމްބަރުން ޝައުޤުވެރިކަން ފާޅުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވާދަކުރުމަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ މަޖިލީހުގެ އަައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމެވެ.
03 Dec 2023
ޚަބަރު
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އީވާ އިސްތިއުފާދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.
03 Dec 2023
ޚަބަރު
ވިހެއުމަށްފަހު ކޮތަޅަށްލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ
މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމަށެވެ. މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެލި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަަމަށް ފުލުހުން ހާމަކުރެއެވެ.
03 Dec 2023
ޚަބަރު
ދަ ޑިމޮކްރެޓްސްގެ އިންތިޚާބުގެ ނަތީޖާ އިއުލާނު ނުކުރެވި ތުހުމަތުތައް އަމާޒުވެއްޖެ
ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށް ކަމަށް ބުނެ ރައީސް ނަޝީދު އިސްވެހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތައް އިޢުލާނު ނުކުރެވި ތުހުމަތުތައް އަމާޒުވެއްޖެއެވެ.
03 Dec 2023
ޚަބަރު
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީ ހިންގެެވުން ޑިފެންސް މިނިސްޓަރަށް
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޑިފެންސް މިނިސްޓަރަށް އެގްރިކަލްޗަރ މިނިސްޓްރީ ހިންގެވުން ހަވާލުކުރެއްވީ، އެވުޒާރާގެ މިނިސްޓަރަކަށް ޢައްޔަނުކުރެއްވި، ޢާއިޝަތު ރަމީލާ، 2023 ނޮވެމްބަރު 23 ގައި ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެ ކަމަނާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
03 Dec 2023
ޚަބަރު
ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަކޮށްފި
މާލޭގައި ނޮވެމްބަރު 29 ވަނަ ދުވަހު ބޮޑު މާރާމާރީއެއް ހިނގާފައި ވާއިރު، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ވަނީ ބޮޑު މާރާމާރީއެއް ހިންގައި، ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. ޒަޚަމްކޮށްލާފައިވާ ޒުވާނާގެ ހާލު ސީރިޔަސްކަމުގައި ފުލުހުން ވިދާޅުވެއެވެ.
02 Dec 2023
ޚަބަރު
މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ އާޒިމް
މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާނެ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި އާދަމް އާޒިމް ކަނޑައަޅައި އެމްޑީޕީގެ ޓިކެޓް އާދަމް އާޒިމަށް އެޕާޓީން ދީފިއެވެ.
02 Dec 2023
ޚަބަރު
އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ވަކިކުރުން މާދަމާ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިންވެސް އެމްޑީޕީން މަޖިލީހަށް ހުށައެޅިއެވެ. އެހެން ނަމަވެސް މަޖިލީހުގެ ނިޒާމްގެ ތެރެއިން އިތުބާރު ނެތްކަމުގެ މައްސަަލަ ކުރިޔަށް ނުގެންގޮސް ހިފަހައްޓާފައި ވަނިކޮށް އެފަހަރު އެމްޑީޕީން އެމައްސަލަ އަނބުރާ ނެގީއެވެ.
02 Dec 2023
ޚަބަރު
ޕާޓީތަކުން ޕްރައިމަރީތައް ބާއްވާއިރު، ކެންޑިޑޭޓުންގެ ޝަރުޠުތައް ފުރިހަމަވޭތޯ ބެއްލެވުމަށް ހަބީބު އެދިވަޑައިގެންފި
ޙަބީބު ވަނީ، ކެންޑިޑެންސީ ހުށައެޅުގައި ދުރާލައި ބައްލަވަންވީ ކަންތައްތައް ޕާޓީތަކަށާއި، އަދި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވަން ތައްޔާރުވެވަޑައިގަންނަވާ ފަރާތްތަކަށް ހަނދުމަފުޅުކޮށްދެއްވާފައެވެ. މިގޮތުން ރައްޔިތުންގެ މަޖިީހުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ޙަބީބު ވަނީ ސަމާލުކަމަށް ގެނެސްދެއްވާފައެވެ.
02 Dec 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުގެ މައުލޫމާތު ހާމަކުރެއްވުމަށް ނިންމަވައިިފި
02 Dec 2023
ޚަބަރު
ވޯލްޑު ޓްރެވަލް އެވޯޑްސްގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑު ކުރީގެ މިނިސްޓަރ މައުސޫމްއަށް!
ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަޝްހޫރު އެއް އެވޯޑު ކަމުގައިވާ ވޯލްޑު ޓްރެވަލް އެވޯޑްސްއިން ދޭ އަހަރުގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިވަޑައިގެންފިއެވެ.
02 Dec 2023
ޚަބަރު
މީސްލްސް އަދި ރުބެއްލާއިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ޤައުމީ ކެންޕެއިނެއް
މީސްލްސް އަދި ރުބެއްލާއިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ. މި ކެންޕެއިން ފަށާފައިވަނީ ހުކުރު ދުވަހުއެވެ.
02 Dec 2023
ދީން
ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިބަހުން ހުތުބާ ކިޔުމަށް އާންމުންގެ ހިޔާލަށް
މާލޭގެ މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމާ މެދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއްމުންގެ ހިޔާލަށް ހުޅުވާލައްވައިފިއެވެ.
02 Dec 2023
ޚަބަރު
ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ހަފްލާގައި ރައީސް ބައިވެރިވެވަޑައިގެންފި
ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައިވެރިވެވަޑައިގެންފިއެވެ.