Advertisement

ރައީސުލްޖުމްހޫޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

04 Dec 2023
ޚަބަރު
ނޫން

ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު %33 އިތުރު ކުރުމަކީ ވަރަށް ފަސޭހައިން ޙާސިލްކުރެވިދާނެ ކަމެއް: ރައީސް

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަކަމުގައި ހެދުމަކީ ވަރަށް ފަސޭހައިން ޙާސިލްކުރެވިދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތުރުކިޔޭއާއި ޔޫއޭއިއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެވަޑައިގެން، ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ މިދައުރު ނިމުގެ ކުރިން ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެއްދެވުމަށެވެ. އަދި އެކަން ހާސިލްކުރުމަށް ކަނޑައަޅާފައި ވަނީ ފަންޑު ހޯދައިގެންނާއި އިންވެސްޓްްމެންޓްތައް އިތުރުކޮށްގެން ކަމުގައި ރައީސުލްުޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޖުމުލަކޮށް ވަރަށް ބޮޑެތި ޔަޤިންކަން އެބަލިބޭ، އަޅުގަނޑުމެންނަށް ދެ ގޮތަކަށް މިކަން ކުރަން ރާވާފައި މިއޮތީ. ޑައިރެކްޓް ފައިނޭންޝިއަލް އެސިސްޓެންސް، ދެން އިންވެސްޓްމެންޓް. އެގޮތުން މިކަން ކުރެވޭނީ." 

ރައީސުލްޖުމްހޫޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު 

ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށްޓަކައި، ބޭނުންވަނީ 600 މިލިއަންޑަރުކަމަށެެވެ. އަދި ފަސް އަހަރުތެރޭގައި އެއަމާޒަށް ވާޞިލްވެވޭނެކަމުގައި ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް  ހިންގުނު އިޢާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުއަކީ ހައިވޭފައި ސޯލާޖަހައިގެން ހަކަތަ އުފެއްުދުމަށް ހިންގާ މަޝްރޫއެވެ. ކުރީ ސަރުކާރުން ފެށި އެމަޝްރޫޢުގެ ދަށުން ހައިވޭގައި ޖަހާފައިވާ ސޯލާތައް ނަގާނެކަމަށް މިސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ހައިވޭގެ ސީވިއު ސޯލާ ޕެނަލްތަކުގެ ސަބަބުން ގެއްލޭތީ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.