Advertisement

މާލެ ސިޓީ މޭޔަރުގެ އިންތިޚާބުގައި ވާދަކުރައްވާ އާދަމް އާޒިމް ---

04 Dec 2023
ޚަބަރު
ނޫން

އަމާޒަކީ މާލެއަކީ މީހުން ދިރިއުޅޭ ހިތުން އުޅޭ ތަނަކަށް ހެދުން: އާޒިމް

މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލެއްވުމުގައި ކަނޑައެޅުއްވި އެންމެ މުހިއްމު އަމާޒަކީ، މާލެއަކީ މީހުން ދިރިއުޅޭ ހިތުން ދިރިއުޅޭނެ އުފާވެރި ސިޓީއެއްގެ ގޮތުގައި ހެއްދެވުން ކަމުގައި، މާލޭ ސިޓީގެ މޭޔަރުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ނޫން ޑޮޓް އެމްވީ"އަށް ދެއްވި ބަސްދީގަތުމުގައި އާޒިމް ވިދާޅުވީ، މާލެއަކީ ތަފާތު ގިނަ އެކި މައްސަލަތައް ފުނިޖެހިފައިވާ އަދި މީހުން ދިރިއުޅުމަށް އެތައް ގިނަ އުނދަގޫތަކަކާއި ތަކްލީފްތަކެއް އުފުލަންޖެހިފައިވާ ސިޓީއެއް ކަމަށެވެ. އަދި މާލޭގައި ހުރި މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކުގެ ބޮޑުކަމަށް ބަލައި، މާލޭގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކޭ ކަމުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކުރިމަތިލެއްވީވެސް އެގޮންޖެހުންތަކާއި ކުރިމަތިލައްވައިގެން ކާމިޔާބު ހޯއްދެވުމުގެ ޢަޒުމުގައި ކަމަށެވެ. އަދި މާލޭގައި މިހާރު ހުރި މައްސަލަތަކަކީ ހައްލު ނުވާނޭ މައްސަލަތަކެއް ކަމަށް ބަލައިގެން ދޫކޮށްލެވޭނެ މައްސަލަތަކެއް ނޫންކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ދިރިއުޅޭ ހިތުން އުޅޭ މާލެއެއް ރައްޔިތުންނަށް ހޯދައިދޭން. އަޅުގަނޑުގެ މުޅި ވިޝަންއަކީ، ދިރިއުޅޭ ހިތުން އުޅޭ މާލެއަކަށް މާލެ ހަދައިދިނުން." 

އާދަމް އާޒިމް --

އާޒިމް ވިދާޅުވީ، މާލޭގައި މިހާރު ހުރި ބޮޑެތި މައްސަަލަތަކުގެ ތެރޭގައި، ޕާކިން މައްސަލައަކީ އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ. އާޒިމް ވިދާޅުވީ، މާލޭގައި އުޅަނދުތައް ގިނަކަމުން މާލޭގައި ދިރިއުޅެންވެސް އުނދަގޫވެފައިވާ ކަމަށެވެ. އެހެންކަމުން ފުރަތަމަކަމަށް ޕާކިން މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގައި އާޒިމް ވިދާޅުވިއެވެ. 

"އަޅުގަނޑު ޤަބޫލު ކުރަނީ ކަމެއް ކުރަން ބޭނުމިއްޔާ އޮވޭ އެކަން ކުރެވޭނެ އެއްހާސް ގޮތްވެސް. އަދި ކަމެއް ކުރަން ބޭނުން ނުވިއްޔާ އޮވޭ އެކަމެއް ނުކުރަން ދައްކާނެ އެއްހާސް އުޒުރުވެސް. އެހެންވީމާ އަޅުގަނޑުގެ އާއްމު ފަލްސަފާއެއްގެ ގޮތުގައި، އާއްމުކޮށް ގެންގުޅޭ އުސޫލެއްގެ ގޮތުގައި، ކަންކުރެވޭނެ އެއްހާސް ގޮތްވެސް ނުވަތަ އެއަށްވުރެ ގިނަ ގޮތް ހޯދުމަށް ވިސްނުން." 

އާދަމް އާޒިމް --

އާޒިމް ވިދާޅުވީ ކޮންމެ ދަތިކަމަކާއި އެކު އެއަށް ހައްލު ހޯދޭނެ ގޮތްތައްވެސް އޮންނާނެ ކަމަށެވެ. އެހެންވެ ކޮންމެ އުނދަގޫ ހާލަތަކުން އަރައިގަންނަން މަސައްކަތް ކުރަންޖެހޭ ކަމަށާއި، މިވަގުތު މާލޭގެ ހާލަތަކީ އުނދަގޫ ހާލަތެއްކަމުގައިވެސް އާޒިމް ވިދާޅުވިއެވެ. އަދި މާލޭގެ މައްސަލަަތައް ހައްލުކުރުމަކީ އުނދަގޫ ކަމެއް ކަމަށް ބަލައި، އެކަމަކާކުރިމަތި ނުލައި ފަސޭހަ ކަންކަން އެކަނިކުރަން ކިޔަވައިގެން ތިބި މީހުންވެސް ބޭނުން ވާނަމަ އެއީ ޒިންމާދާރުގޮތެއް ނޫންކަމުގައިވެސް އާޒިމް ވިދާޅުވިއެވެ. 

މާލެ ސިޓީގެ މޭޔަރުކަމަށް އާދަމް އާޒިމް ކުރައްވާ ކެމްޕޭނުގެ ތެރެއިން އެމަނިކުފާނު މިހާރު ގެންދަވަނީ، މާލޭގެ ކުރިމަގަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރުތަކާއި އުއްމީދުތައް ހާމަކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.