Advertisement

މާޔޫސްކަމާއި އެކަނިވެރިކަން --

04 Dec 2023
ޚަބަރު
ނޫން

އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް ހުށައެޅޭ މިންވަރު އިތުރުވެއްޖެ

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް ހުށައެޅޭ މިންވަރު އިތުރުވެފައިވާ ކަމުގައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

އެމިނިސްޓްރީއަށް ހުށައެޅޭ މައްސަލަތަކާއި ގުޅޭ ގޮތުން ކޮންމެ މަހަކު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހަށްވުރެ އޮކްޓޫބަރު މަހު އެއިދާރާއަށް ހުށައެޅުނު، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައްވަނީ %33 އިތުރުވެފައެވެ. ސެޕްޓެމްބަރު މަހުގައި އެފަދަ 14 މައްސަލައެއް ހުށައެޅުނު އިރު އޮކްޓޫބަރު މަހުގައި އެފަދަ 21 މައްސަލައެއް ހުށައެޅުނު ކަމުގައި ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ނަފްސާނީ ބަލިތައް އިތުރުވަމުން އަންނައިރު، ކުޑަކުދިންގެ ތެރޭގައި ނަފްސާނީ މައްސަަލަތައް އިތުރުވުމުގެ މައްސަލަތަކާއި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމުގައި ފާހަގަކުރެވިފައިވެއެވެ. ހުސްވި އޮކްޓޫބަރު މަހުގައި، މާލެ ސަރަހައްދުގައި އުމުރުން 15 އަހަރުގެ ކުއްޖަކު މަރުވެފައިވެއެވެ. 

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް އޮކްޓޫބަރު މަހު އިތުރުވި ނަމަވެސް، ސެޕްޓެމްބަރު މަހަށް ވުރެ އޮކްޓޫބަރު މަހު ހުށައެޅުނު ޖުމުލަ މައްސަލަތައް ވަނީ މަދުވެފައެވެ. މިގޮތުން، ސެޕްޓެމްބަރު މަހު އެމިނިސްޓްރީއަށް، ޖުމްލަ 213 މައްސަލަ ހުށައަޅާފައި ވާއިރު، އޮކްޓޫބަރު މަހު ޖުމްލަ 205 މައްސަލަ ވަނީ ހުށައަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.