Advertisement

އދ. ދިގުރަށް --

03 Dec 2023
ޚަބަރު
ނޫން

ދިގުރަށުގައި ވިހޭ ދަރިފުޅު މަރާލައި އެއްލާލީ ލަންކާ އަންހެނެއް

އދ. ދިގުރަށުގައި މަރާލާފައި ޑަސްބިން ބޭގަކަށްލައި އެއްލާފައި އޮއްވައި ފެނުނު ތުއްތުކުއްޖާގެ މަންމައަކީ ލަންކާ މީހެއް ކަމަށާއި، ވެލާނާ އެއާޕޯޓުން އޭނާ ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދު 09:20 އެހާކަންހާއިރު ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވެފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، ވިހެއި ކުއްޖާ މަރާލާ އެއްލާލި މީހާއަކީ، ސްރީލަންކާގެ އަންހެނެއް ކަމަށާއި، އޭނާ މިއަދު ހައްޔަރުކޮށްފައި ވަނީ، ވެލާނާ އެއާޕޯޓުގައި ފުރަންގޮސް ހުއްޓައި ކަމަށެވެ. އުމުރުން 30 އަހަރުގެ އެއަންހެންމީހާ ހައްޔަރުކޮށްފައި ވަނީ، ކޯޓުއަމުރެއްގެ ދަށުން ކަމުގައިވެސް އެރަށުން ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވިހާފައި ދަރިފުޅު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި މިއަންހެންމީހާއަކީ، އދ. ދިގުރަށު ގެސްޓް ހައުސްއެއްގައި ވަޒީފާއަދާކުރަމުން ދިޔަ މީހެކެވެ. އޭނާ ވިހާފައި ވަނީ ރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.