Advertisement

މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިސަލް

03 Dec 2023
ޚަބަރު
ނޫން

ޓޫރިޒަމް މިނިސްޓަރ ފައިސަލްއަށް ކުރިމަތިވި ފާޑުކިޔުންތަކާއި އެކު މިނިސްޓަރުންގެ ވަނަވަރު އާއްމުކޮށް ޕްރޮމޯޓްކުރަން ފަށައިފި

މޯލްޑިވްސް ބޯޓިން އެވޯޑް ހަފްލާގައި ޓޫރިޒަމް މިނިސްޓަރ، އިބްރާހިމް ފައިސަލް ދެއްކެވި ވާހަކަފުޅަށް އަމާޒުވި ފާޑުކިޔުންތަކާއި އެކު، ސަރުކާރުން މިނިސްޓަރުންގެ ވަނަވަރު އާއްމުކޮށް ޕްރޮމޯޓް ކުރަން ފަށައިފިއެވެ.

ކޮށި އިނގިރޭސި ބަހުން މިނިސްޓަރ ފައިސަލް ދެއްކެވި ވާހަކަފުޅުތަކަށް ވަރަށް ގިނަ ބަޔަކު ވަނީ، ސޯޝަލް މީޑިއާގައި މަލާމާތްކޮށް ފުރައްސާރަކޮށްފައެވެ. ފައިސަލް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއަށް ކޮމެންޓް ކުރި މީހުންވަނީ، އިބްރާހީމް ފައިސަލަކީ، ޓޫރިޒަމް މިނިސްޓަރުގެ މަޤާމު އަދާކުރެވޭ ފެންވަރުގެ ޢިލްމީ ޤާބިލްކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ފައިސަލް އެކަށީގެން ނުވި ނަމަވެސް އޭނާ އެމަޤާމަށް ޢައްޔަނުކުރައްވާފައިވަނީ، އޭނާގެ ބައްޕާފުޅު ޢަބުދުއްރަހީމްގެ ނުފޫޒުންކަމުގައިވެސް ފައިސަލްއަށް ފާޑުކީމީހުން ވަނީ ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ކެބިނެޓަށް އައްޔަނުކުރައްވާނީ، ދިވެހި ފަޚުރުވެރިވާފަދަ ޢިލްމީ ޤާބިލް ބޭފުޅުން ކަމަށެވެ. އެހެން ނަމަވެސް ޓޫރިޒަމް މިނިސްޓަރ ފައިސަލް އިނގިރޭސިބަހުން ދެއްކެވި ވާހަކަފުޅުގެ ވައިރަލްވެ އަދި ފާޑުކިޔުންތައް އަމާޒުވެގެން ދިޔަ ވީޑިއޯއަކީ ސުކުން ޕްލޭއިން ޝާއިއުކުރި ވީޑިއޯއެކެވެ.

ޓޫރިޒަމް މިނިސްޓަރ ފައިސަލްގެ ކިބައިގައި އެފަދަ މަޤާމެއް އަދާކުރުމުގެ ޤާބިލްކަމެއް ނެތްކަމުގައިބުނެ މީހުން ފާޑު ކިޔާފައިވާއިރު، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންނާއި، އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ފައިސަލްގެ ދިފާޢުގައި ވާހަކަދައްކާފައެވެ. މިގޮތުން ޓޫރިޒަމް މިނިސްޓަރަކަށް ބޭނުންވަނީ، މޮޅަށް އިނގިރޭސި ބަހުން ވާހަކަދައްކަން އެނގޭ ބޭފުލެއް ނޫންކަމާއި، ނަތީޖާ ނެރެދެވޭނެ ބޭފުޅެއްކަމުގައި އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި، ވީޑިއޯ ކްލިޕް

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ، ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރައްވާފައިވާ ހުރިހާ ވަޒީރުންގެ ޕްރޮމޯޝަނަލް ވީޑިއޯ ކްލިޕްތައް ހަދައި ސޯޝަލްމީޑިއާގައި ދައުރުކުރަން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.