ޚަބަރު
ޚަބަރު
29 Nov 2023
ޚަބަރު
ބޮޑު ވަޒީރަށް ވެވަޑައިގެންނެވުމުގެ ހުވަފެންފުޅު ރައީސް ނަޝީދު ދޫކޮށްލައްވައިފި
ރައީސް ނަޝީދާއިއެކު މަސައްކަތްކުރެއްވި، ބައެއް މަޖިލިސް މެމްބަރުން ވިދާޅުވި ގޮތުގައި، ރައީސް ނަޝީދުގެ އެނިންމެވުމުން މޭރުންވެގެން ދަނީ، ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަށް ވެވަޑައިގެންނެވުމަށް ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތް ދޫކޮށްލެއްވީ ކަމަށެވެ. އެހެން ނަމަވެސް އަލުން އަނެއްކާވެސް ސިޔާސީ މަސައްކަތުުގައި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް ދަންނަވަން ނޭނގޭ ކަމުގައި އެމެމްބަރު ވިދާޅުވިއެވެ.
29 Nov 2023
ޚަބަރު
އެސްޓީއޯގެ އެމްޑީއަކަށް ޝިމާދު ޢައްޔަނުކުރައްވައިފި
ޝިމާދަކީ، ކުރިންވެސް އެސްޓީއޯގެ ބޯޑު މެމްބަރުކަމުގެ އިތުރުން އެކުންފުނީގެ މުހިއްމު މަޤާމުތަކެއް ފުރުއްވި، އަދި ސަރުކާރުގެ އެހެން ކުންފުނިތަކުގައިވެސް މުހިއްމު ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އެމަނިކުފާނު މަތީ ތަޢުލީމް ޙާޞިލްކުރައްވާފައި ވަނީވެސް، އިޤުތިޞާދީ ދާއިރާއިންނެވެ.
29 Nov 2023
ޚަބަރު
ޕީސީބީގެ ބޯޑަށް ރައީސް މެންބަރުން އައްޔަންކުރައްވައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން އައްޔަންކޮށްފިއެވެ. ޕީސީބީގެ ރައީސަކަށް އައްޔަންކުރައްވާފައިވަނީ ހަމްދީ އަޤީލްއެވެ. އަދި ނައިބު ރައީސްއަކަށް އައްޔަންކުރެއްވީ ހއ އިހަވަންދޫ އާޒާދީ ބަހާރު މުޙައްމަދު ފިރާޟްއެވެ.
29 Nov 2023
ޚަބަރު
މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލައިފި
މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑި ހިމެނޭހެން އެ ކައުންސިލުން ހުސްވެފައިވާ 4 ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިފިއެވެ.
29 Nov 2023
ޚަބަރު
އުނގޫފާރުގެ އިސްލާމީ މަރުކަޒު އައިޔޫއެމްގެ ކެމްޕަސްއަކަށް
އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ގާއިމްކޮށްފައިވާ ރ. އުނގޫފާރުގެ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަސްއެއް ހިންގުމަށް އެ ޔުނިވާސިޓީއާ ހަވާލުކޮށްފި އެވެ. މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.
29 Nov 2023
ޚަބަރު
ފިންލޭންޑް އަދި ބިލަބޮންގެ ދަރިވަރުންނަށް ބަހުގެ ހިދުމަތް ފަށައިފި
އައިލެންޑާސްއިން ބުނީ މިއީ ބެލެނިވެރިންގެ ސަޕޯޓާއި އެއްބާރުލުމުގެ ސަބަބުން ދޭން ފެށުނު ހިދުމަތެއް ކަމަށެވެ. މި ހިދުމަތް ހޯދުމަށް ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. ބަހުގެ ހިދުމަތަށް ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފީހުން ރަޖިސްޓްރީ ކުރެވޭނެއެވެ.
29 Nov 2023
ޚަބަރު
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.
29 Nov 2023
ޚަބަރު
ފަލަސްޠީނަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާންނާނެ: ރައީސް
މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ މިނިވަންކަމަށް ބައިނަލްއަޤުވާމީ މުޖުތަމައުގައި ވަކާލާތުކުރާ ކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމްކުރުމަށާއި، 1948ގައި ކަނޑައެޅި ބޯޑަރުތަކާއި ހަމައަށް އިޒްރޭލުން ފަހަތައް ޖެހުމަށާއި، ފަލަސްޠީނުގެ ސަރަހައްދުތަކުގައި އިޒްރޭލުން ބައިނަލްއަޤުވާމީ ޤާނޫނު ތަކާއި ޚިލާފަށް ޔަހޫދީ އާބާދީތައް ހަދަމުން ދިޔުން ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ކުއްވެރިކުރަމުންނެވެ. އަދި ފަލަސްޠީނުގެ މައްސަލައަށް އޮތީ ދެދައުލަތުގެ ހައްލު ކަމަށާއި، ފަަލަސްޠީން މިނިވަންކޮށް ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމުގައި ހަމަޖެއްސުމަށްވެސް ރާއްޖެއިން އަންނަނީ ވަކާލާތު ކުރަމުންނެވެ.
29 Nov 2023
ޚަބަރު
ރައީސް ޔާމީންގެ އައު ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއި މެދު ގޮތް ނިންމުން މިއަދު
އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، އަލްފާޟިލް ޒެއިން ޢަބްދުﷲ ޔާމީން ގެ ފަރާތްޕުޅުން، ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާމެދު މިއަދު 2 ޖަހާއިރު ބާއްވާ ކޮމިޝަންގެ ޖަލްސާގައި ގޮތެެއް ނިންމަވާނެކަމަށެވެ.
29 Nov 2023
ޚަބަރު
ސަރުކާރުގެ 21 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ޢައްޔަނުކުރައްވައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރުގެ 21 ކުންފުންޏަކަށް މެނޭޖިންގ ޑައިރެކްޓަރުން އައްޔަނުކޮށްފިއެވެ.
29 Nov 2023
ޚަބަރު
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ޚަރަދުކުރި ފައިސާ އަނބުރާ ލިބޭނެ: ފަޒުލް
މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ފަޟުލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް، ހިޔާފްލެޓްތައް ހަދަން ޚަރަދުކުރި ފައިސާ ހިޔާ ފްލެޓްތަކުގެ ވެރިންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި އެފައިސާ ނުދިނުމަށް މިސަރުކާރުން ނިންމައިފި ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުން ފަތުރާފައިވާ ވާހަކަތައް، ފަޟުލް ވަނީ ދޮގު ކުރައްވާފައެވެ.
28 Nov 2023
ޚަބަރު
ފެނަކަ އެމްޑީއަކަށް ކުރީގެ މެމްބަރު މުޢާޒް
މުއާޒަކީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޑަވެލި ދާއިރާގެ މެމްބަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.  މުޢާޒް ފެނަކަ ކޯޕަރޭޝަނާއި ހަވާލުވެވަޑައިގެންނެވި އިރު، އެކުންފުނި އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގައެވެ.
28 Nov 2023
ޚަބަރު
މަޤާމާއި ހަވާލުވެ ފުރަތަމަ މަސައްކަތަކަށް ފަހުމީ ފެއްޓެވީ، މުއިވެޔޮމަގު ޓްރާންސްފޯމަރުގެ މައްސަަލަ ހައްލުކުރުމުގެ މަސައްކަތް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ މަސައްކަތެއްގެ ގޮތުން މުއިވެޔޮމަގަށް ނެރެފައި ހުރި ޓްރާންސްފޯމަރ ގެ މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް ފަޙްމީ ފައްޓަވައިފިއެވެ.
28 Nov 2023
ޚަބަރު
ސްޓެލްކޯގެ އެމްޑީއަކަށް ފަހުމީ
ޙުސައިން ފަހުމީއަކީ، ދިގު މުއްދަތެއްގައި ސްޓެލްކޯއަށް މުހިއްމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކަމުގެ މަޤާމަށް، ފަހުމީ ޢައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ، އެކުންފުނީގެ ޖެނެލް މެނޭޖަރުގެ މަޤާމުގައެވެ.
28 Nov 2023
ޚަބަރު
ފަސްޓް ލޭޑީ ސާޖިދާ ވަޒީފާގައި ހުންނަވަނީ ނޯ-ޕޭގައި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރުގައި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަވާނީ ނޯ-ޕޭގައި ކަމަށް ވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބުނެފިއެވެ.
28 Nov 2023
ޚަބަރު
ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން އެދިއްޖެ
ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ، ކުރި ތުހުމަތުތަކުގެ ޙަޤީގަތް ދެނެގަނެ، އެކަން ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މި ޤަރާރު ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީއެވެ. މި ޤަރާރުގެ ފުރަތަމަކިޔުން ވަނީ މިއަދުގެ ޖަލްސާއަށް އިއްވާފައެވެ.