Advertisement

އުނގޫފާރު އިސްލާމީ މަރުކަޒު. ފޮޓޯ: ސޯޝަލް މީޑިއާ

29 Nov 2023
ޚަބަރު

އުނގޫފާރުގެ އިސްލާމީ މަރުކަޒު އައިޔޫއެމްގެ ކެމްޕަސްއަކަށް

އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ގާއިމްކޮށްފައިވާ ރ. އުނގޫފާރުގެ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަސްއެއް ހިންގުމަށް އެ ޔުނިވާސިޓީއާ ހަވާލުކޮށްފި އެވެ. މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

އުނގޫފާރުގެ އިސްލާމިކް ސެންޓަރ އިސްލާމި ޔުނިވަރސިޓީގެ ކެމްޕަހަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޑރ. އަފްރާޝީމް ޢަލީގެ ނަމުން ނަންދެވިފައިވާ މިމަރުކަޒުގައި އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ފެށިގެން ދިއުމަކީ އެމަނިކުފާނުގެ ހަނދާނުގައި ކުރެވޭނެ މަތިވެރި ޚިދުމަތެއްކަމަށެވެ. 

"މިއަދަކީ މިއީ، އެމަނިކުފާނު ޝަހީދުވުމަށްފަހުގައި އެމަނިކުފާނަށްޓަކައި ހައްގު ހިދުމަތެއް ދިވެހިރާއްޖޭގެ ފަސްގަނޑުގައި ގާއިމްވެގެން ދާ ދުވަސް." ޝަހީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އެޔުނިވަރސިޓީގެ ކޯސްތައް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން ރ.އަތޮޅަކީ އާބާދީގެ ނިސްބަތުން ބޮޑު އަތޮޅަކަށް ވުމާއެކު އެސަރަހަައްދުގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް މިކެމްޕަސްގެ ސަބަބުން މަތީ ތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. އަދި މިއީ އުތުރުގެ އެހެން ރަށްތަކުގެ ދަރިވަރުންނަށް އިސްލާމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށް ލިބިގެންދާ ފަހި ފުރުސަތެއްކަން ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.