ޚަބަރު
24 Nov 2023
ޚަބަރު
ކުޑަކުދިންގެ ދުވަހުގެ ކުރެހުމުގެ މައުރަޒު ފަސްޓްލޭޑީ ހުޅުއްވައިދެއްވައިފި
24 Nov 2023
ޚަބަރު
މާލެ އައި 39 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ އިދާރާއިން ބުނީ، ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުން ދަނީ، އައްޑޫ ސިޓީއަށް ނިސްބަތްވާ، ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) ކަމަށެވެ.
24 Nov 2023
ޚަބަރު
ރައީސް ޑރ. މުޢިއްޒާއި ދެކޮޅު ވުމަކީ ރައީސް ޔާމީނުގެ ތާޢީދު ގެއްލޭނެ ކަމެއް: ޕީއެންސީ
ރައީސް ޔާމީން އިސްނެންގެވުމަށް އުފެއްދެވި ޕާޓީ، ޕީއެންސީ ރާއްޖޭގެ ވެރިކަމަށް އައީ ރައީސް ޔާމީނުގެ ތާއީދާއި މަދަދާއި، އެމަނިކުފާނަށް ތާޢީދުކުރާ އެތައްހާސް ބައެއްގެ ވޯޓުންނެވެ. އެހެން ނަމަވެސް ވެރިކަމުގެ ފުރަތަމަ ހަފްތާ ނުނިމެނީސް ރައީސް ޔާމީން ޕީޕިއެމްއިން ވަކިވެވަޑައިގެން ސަރުކާރާއި ވަނީ ފެއަށް ޖެހިވަޑައިގެންފައެވެެ. ރައީސް ޔާމީނާއި ޑރ. މުޢިއްޒާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ހުޅު ފަޅައިގެން ދިޔައިރު، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ފޮޓޯފުޅު ހިފައިގެން ކެމްޕޭން ކުރި ފަރާތްތަކުން މިހާރު ވަނީ ސަރުކާރުގެ މަޤާމުތައް ލިބުމާއި އެކު ރައީސް ޔާމީނަށް ފާޑުކިޔަން ފަށާފައެވެ.
24 Nov 2023
ޚަބަރު
ރައީސް ޔާމީން އުފައްދަވާ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އާދީއްތަ ދުވަހު ހުށައަޅަނީ
މީގެ އިތުރުން މަލީހް ވިދާޅުވީ، ޕީޕީއެމް، ޕީއެންސީގައި މިވަގުތު ތިއްބެވި ރައީސް ޔާމީނަށް ތާއީދުކުރައްވާ އެމަނިކުފާނު ދެކެ ނުހަނު ލޯބިވާ މެމްބަރުން އަލަށް އުފައްދާ ޕާޓީއަށް ގުޅިވަޑައިގަންނަވަން އެދި ލައްވަމުން ދާކަމީ އެމަނިކުފާނު ނުހަނު އުފާފުޅުވާކަމެއްކަމަށާއި ހުރިހާ ބޭފުޅުން ޤައުމީ މިމަސައްކަތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
24 Nov 2023
ޚަބަރު
10 ގެ ދަރިވަރުންގެ 2 ވަނަ ޓާމްގެ ޓެސްޓު ރޯދައިގެ ކުރިން ބާއްވަން އަންގައިފި
ގްރޭޑް 10ގެ ދަރިވަރުންގެ ދެވަނަ ޓާމް ޓެސްޓް ރޯދައިގެ ކުރިން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
24 Nov 2023
ވިޔަފާރި
ފަތުރުވެރިކަމަށް އެމްޔޫ މަނިކު ކޮށްދެއްވާ މަސައްކަތް ފާހަގަކޮށް ސާޓާ އެވޯޑް އަރުވައިފި
ޓޫރިޒަމް ދާއިރާއަށް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ކުރައްވަމުން ގެންދަވާ އިހްލާސްތެރި ހިދުމަތުގެ އަގުވަޒަންކޮށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް(ސާޓާ) އެވޯޑު ދީފިއެވެ.
24 Nov 2023
ޚަބަރު
އެމްޑީޕީގެ ވަގުތީ ރައީސަކަށް ރައީސް އިބޫ
އެމްޑީޕީގެ ހުސްވެފައިވާ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ހަމަޖައްސައިފިއެވެ. ގައުމީ މަޖިލީހުގައި އިބޫ ރައީސް ކަމަށް ހަމަޖެއްސީ ވަގުތީ ގޮތުންނެވެ.
23 Nov 2023
ޚަބަރު
އިންޑިއާ ސަފީރު ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި ބައްދަލުކުރައްވައިފި
މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ މިއަދު ފޮރިން މިނިސްޓްރީގައެވެ. މިބައްދަލުވުމާއި ގުޅޭ ގޮތުން، އިންޑިއާ ސަފީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިޔާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން، އެބައްދަލުވުުމުގައި ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެ މަޝްވަރާތަކާއު ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނުވެސް އަދި އިންޑިއާ އެމްބަސީންވެސް ހާމަކުރައްވާފައެއް ނުވެއެވެ.
23 Nov 2023
ޚަބަރު
ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންފި
ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވިކަން ޢިއުލާނުކުރެއްވީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ.މުޙައްމަދު ޖަމީލު އަޙްމަދެވެ. ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފި ކަމަށާއި، އެބޭފުޅުން ބުރަ މަސައްކަތް ކުރެއްވީ ރައީސް ޔާމީނަށްޓަކައި ކަމަށެވެ. އަދި ޖަލުގައި އަނިޔާ ތަޙައްމަލުކުރެއްވީ އެމަނިކުފާނުކަމުގައިވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
23 Nov 2023
ޚަބަރު
ޕޮލިސް ބޯޑުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރުން ބަދަލުކުރައްވައިފި
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި އެބޯޑަށް ޢައްޔަނުކުރައްވާފައިވާ މެމްބަރުން ވަކިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިއަދު އައު ދެބޭފުޅުން އެބޯޑަށް ޢައްޔަނުކުރައްވާފައެވެ. އެ ދެބޭފުޅުންނަކީ، ތ. ހިރިލަންދޫ ގުލްފާމްގޭ އަހުމަދު ޝަރީފާއި، ހެންވޭރު ނޫމުތީ، ޢާއިޝަތު ނޫރާ މުޙައްމަދެވެ.
23 Nov 2023
ޚަބަރު
ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖްގެ މައްސައްކަތް ނިންމަން ޖެހެނީ 2026އަށް - ސަރުކާރު
ބްރިޖުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާތަަކަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ކުރީ ސަރުކާރުގެ ދައުރުހަމަވުމުގެ އެއްދުވަސް ކުރިން، ބުރިޖުގެ މަސައްކަތުގެ މުއްދަތު އިތުރުކޮށް އެއްބަސްވުން އާކޮށްފައިވާ ކަމަށެވެ. މިގޮތުން އެއްބަސްވުމުގެ މުއްދަތު 2026 ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްދީފައި ވަނީ މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައި ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
23 Nov 2023
ޚަބަރު
މީޑިއާތަކުގެ 'ބްލެކް ލިސްޓެއް' މި ސަރުކާރަކުން ނުގެންގުޅޭނެ: ޚަލީލް
ޚަލީލު މިހެން ވިދާޅުވީ، ބައެއް މީޑިއާތަކަށް ދައުވަތު ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ޓީވީއާ ރޭޑިއޯތަކާއި އަދި ރާއްޖޭގައި ހިންގާ އޮންލައިން ނޫސްތަކުގައި މަސައްކަތްކުރައްވާ އެޑިޓަރުންނާއި ސީނިއަރ ޖާނަލިސްޓުން ބައިވެރިވިއެވެ.
23 Nov 2023
ޚަބަރު
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މުހިއްމު ބައްދަލުވުމެއް މިރޭ އުކުޅަހުގައި
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނޭ މެމްބަރުން މިއަދު ވަނީ، އއ. އުކުޅަހަށް ވަޑައިގެންފައެވެ. އަދި މިއަދު މެންދުރުފަހު އުކުޅަހުގައި ހުންނަ ކޮންވެންޝަން ސެންޓަރުގައި ވަނީ، އެޕާޓީގެ ޤައުމީ މަޖިލީހުގެ ވޯކިންގ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެހެން ނަމަވެސް އެޕާޓީގެ ފަރާތުން ރަސްމީ ގޮތުން ބާއްވާ ޤައުމީ މަޖިލީހުގެ ބައްދަލުވުން އޮންނާނީ މިރޭގައެވެ.
23 Nov 2023
ޚަބަރު
ބަޣާވާތެއް ކުރަން ފުރުޞަތެއް ނުދޭަނަން: ޕީއެންސީ
މި ސަރުކާރު ގެނައީ ވަރަށް ފޮނި އުންމީދާއި އެކު ކަމަށާއި، މި ސަރުކާރުގަ ރެނދު އަޅުވައި ބަޣާވާތް ކުރަން އުޅޭ ފަރާތްތަކަށް އެފުރުޞަތު ނުދޭނެކަމުގައި ޕީއެންސީ އިން ބުނެފިއެވެ.
23 Nov 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޖޭއެސްސީއަށް ޢައްޔަނުކުރައްވާ މެމްބަރަކަށް ސަމީރު
އަލްއުސްތާޛު މުޙައްމަދު ސަމީރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
23 Nov 2023
ޚަބަރު
ޖޭއެސްސީއަށް އުޝާމް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅުދެއްވައިފި
ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު، ބަންޑާރަ ނައިބަކީ، އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ސަރުކާރު ބަދަލުވުމަށްފަހުގައި، އައު ކެބިނެޓާއި އެކު ބަންޑާރަނައިބުގެ މަޤާމަށް އަޙްމަދު އުޝާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަނުކުރައްވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. ޖޭއެސްސީގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އެންމެ ފަހުން އިންނެވީ ނިމިދިޔަ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތެވެ.