Advertisement

އެޑިޔުކޭޝަން މިނިސްޓަރ، އިސްމާޢީލް ޝަފީޢު ---

25 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ދިރާސީ އަަހަރަށް މިސަރުކާރުން ގެންނަން އުޅޭ ބަދަލާއި ގުޅިގެން މިނިސްޓަރާއި މަޖިލީހުގައި ސުވާލު ކުރަނީ

ދިރާސީ އަހަރު ފެށުން އަނެއްކާ އަލުން ޖެނުއަރީމަހަށް ބަދަލުކުރުމަށް މިސަރުކާރުން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރާއި ސުވާލު ކުރުމަށް ހުށައަޅައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ، އިސްމާޢީލް ޝަފީޢު މަޖިލީހަށް ހާޟިރުކޮށް ސުވާލުކުރެއްވުމަށް ހުށައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

ރޮޒޭނާ ހުށައަޅުއްވާފައި ވަނީ، މިހާރު ހިނގަމުންދާ ދިރާސީ އަހަރު، 2024 ވަނަ އަހަރުގެ ޖޫން މަހު ނިމޭއިރު، އަދި އަލުން ދިރާސީ އައު އަހަރު ފަށާނީ 2025 ޖެނުއަރީގައި ކަމަށް މިނިސްޓަރ ވިދާޅުވެފައި ވާތީ، އެދެމެދުގައި ހިނގާ 6 މަސްދުވަހުގެ މުއްދަތުގައި ކުދިންގެ ކިޔެވުމާއި ގުޅޭ ގޮތުން މިނިސްޓްރީން ރާވާފައިވާ ގޮތެއް އޮޅުންފިލުއްވުމަށެވެ.

ދިރާސީ އަހަރު އައު އަހަރު، މީލާދީ އަހަރުގެ މެދުތެރެއިން ފަށާގޮތަށް ހަމަޖެއްސެވީ ކުރީ ސަރުކާރުންނެވެ. ދިރާސީ އަހަރު އެގޮތަށް ބަދަލު ކުރީ، ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޖޫން ޖުލައިއަށް ބަދަލުކުރުމަށެވެ.

ދިރާސީ އަހަރުގެ މީލާދީ އަހަރުގެ މެދުތެރޭގައި ފަށާގޮތަށް ކުރީ ސަރުކާރުން ގެނައި ބަދަލު އުވާލައި، 2025 ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ފަށާނީ، ޖެނުއަރީ މަހުގައި ކަމަށް މިސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ، އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.

ކުރީ ސަރުކާރުގައި، ދިރާސީ އައު އަހަރު ފެށުން އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަށްޓަކައި، 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދޮޅުއަހަރަށް ދިގުދަންމާލިއެވެ. އަދި އެއާއެކު ބައެއް ކުދިންނަށް ދިރާސީ އެއް އަހަރު ގެއްލިގެންވެސް ދިޔައެވެ. އަލުން ދިރާސީ އަހަރު ފެށުން ޖެނުއަރީމަހަށް ބަދަލުކުރާނަމަ، ދިރާސީ އެއް އަހަރު 6 މަސް ދުވަހަށް ކުރުކޮށްލަން ނުވަތަ، ދިރާސީ އަހަރުގެ ދިގުމިން ދޮޅުއަހަރަށް ދަންމާލަން ޖެހޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.