Advertisement

ރައީސް ޔާމީން --

23 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންފި

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ޕީޕީއެމްއިން ވަކިވެވަޑައިގެންފިއެވެ.

ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވިކަން ޢިއުލާނުކުރެއްވީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ.މުޙައްމަދު ޖަމީލު އަޙްމަދެވެ. ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފި ކަމަށާއި، އެބޭފުޅުން ބުރަ މަސައްކަތް ކުރެއްވީ ރައީސް ޔާމީނަށްޓަކައި ކަމަށެވެ. އަދި  ޖަލުގައި އަނިޔާ ތަޙައްމަލުކުރެއްވީ އެމަނިކުފާނުކަމުގައިވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

އަދި ރައްޔިތުން އެދުނު ގޮތަށް ރ.އިބޫގެ ވެރިކަން ބަދަލު ކުރުމަށް ރައީސް ޔާމީނު ހުރިހާ މަސައްކަތެއް ކޮށްދެއްވިކަމަށާއި،  އެހެނަސް މިއަދު ޕާޓީގެ ލީޑަރޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތުވެ، އެބޭފުޅުން ރައީސް ޔާމީނާއި ދުރަށް ހިނގައްޖެކަމުގައިވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

އަދި ރައީސް ޔާމީން ޕީޕީއެމްއިން  އިސްތިއުފާ ދެއްވައި،  އެމަނިކުފާނުގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައި ކަމުގައިވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ތާއީދު ހޯއްދަަވައިގެން ކަމުގައި ވީނަމަވެސް، ވެރިކަމުގެ ފުރަތަމަ ހަފްތާ ނުނިމެނީސް ރައީސް ޔާމީނާއި، ޑރ. މުޢިއްޒާއި ދެމެދު ވަނީ މައްސަލަތައް ޖެހިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.