ޚަބަރު
23 Nov 2023
ޚަބަރު
ޕީބީސީގެ ރައީސަކަށް ޙަމްދީ އަދި ބޯޑު މެމްބަރުކަމަށް މުޣުނީ އައްޔަނުކުރައްވައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި، ޙަސަން މުޣުނީއަކީ، ކުރީ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
22 Nov 2023
ޚަބަރު
ބުރިޖުގެ މަސައްކަތް ކުރިޔަށްދާގޮތް ރައީސް ޑރ. މުއިއްޒު ބައްލަވާލައްވައިފި
22 Nov 2023
ޚަބަރު
ވީއައިއޭގެ ފިއުލް ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ ފިއުލް ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރަން ފަށައިފިއެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ ފިއުލް ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރުމުގެ މަސައްކަތުގެ ފޭސް1 މިހާރު ނިމިފައިވާކަމަށެވެ.
22 Nov 2023
ޚަބަރު
ކޮޕް ސަމިޓްގައި ބައިވެރިވަޑައިގަތުމަށް ރައީސް ދުބާއީއަށް ވަޑައިގަންނަވަނީ
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމަށާއި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމަށާއި އެކަމަށް ބާރުއަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ސަމިޓެކެވެ.
22 Nov 2023
ޚަބަރު
ކުރީ ސަރުކާރުން ހުށައެޅިއަސް ބަޖެޓުން ވައުދުތައް ފުއްދޭނެ މަގު ވަނީ ފަހިވެފައި: ފިނޭންސް މިނިސްޓަރ
2024 ވަނަ އަހަރުގެ ބަޖެޓަކީ ކުރީ ސަރުކާރުން ހުށަހެޅި ބަޖެޓެއް ނަމަވެސް، އެ ބަޖެޓުގެ ތެރެއިން އާ ސަރުކާރުގެ ވައުދުތައް ފުއްދަން ފަށައިގަނެވޭނެ ކަމަށް މުއިއްޒު ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
22 Nov 2023
ޚަބަރު
ރާއްޖެއާއިއެކު ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރަން ސައުދީގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި
ދިވެހިރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަޢުދީގެ އަރަބިޔާގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ވަޒީރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއެވެ.
22 Nov 2023
ޚަބަރު
ޕީސީބީގެ ބޯޑަށް ރައީސް 3 ބޭފުޅުން އައްޔަންކުރައްވައިފި
ސަރުކާރުގެ ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް އެތަންތަން މޮނިޓަރކޮށް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 3 މެމްބަރަކު އައްޔަންކުރައްވައިފިއެވެ. ޕީސީބީގެ ބޯޑަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންނަމަވެސް ބޯޑަށް އައްޔަންކުރާ މެމްބަރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވަންޖެހެއެވެ.
21 Nov 2023
ޚަބަރު
ޕީއެންސީއަށް ވަކި އޮފީހެއް ޤާއިމްކޮށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށައިފި
ޕީއެންސީއަށް ވަކި އޮފީހެއް ގާއިމުކޮށް ޕާޓީއަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕީއެންސީގެ އޮފީސް ގާއިމުކޮށްފައި ވަނީ ކެމްޕޭނު ދުވަސްވަރު ކާނިވަލުގައި ދިވެހީންގެ ޖަގަހަ ހިންގަމުން އައި ތަނުގައެވެ.
21 Nov 2023
ޚަބަރު
ފްލެޓް ލިސްޓު ރިވިއުކުރާނެކަމަށް ވިދާޅުވުމުން މިނިސްޓަރަށް ރުހުން ނުދޭން މީކާއިލް ގޮވާލައިފި
އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ރުހުން ދޭން ދެކޮޅު ހައްދަވައި އެ ގޮތަށްް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިދޭން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދިވަޑައިގެންފިއެވެ. މީކާއިލް މިގޮތައް އެދިވަޑައިގަތީ ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޭން ނިންމި ލިސްޓް ރިވިއުކުރާނެ ކަމަށް މިހާރުގެ ހައުސިން މިނިސްޓަރ ވިދާޅުވުމާ ގުޅިގެން މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
21 Nov 2023
ޚަބަރު
ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބިލެއް ހުށައަޅައިފި
ވަޒީފާ ގެއްލޭ ފަރާތްތަކަށް އައު ވަޒީފާއެއް ހޯދުމަށް ހޭދަވާ މުއްދަތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޝުއަރަންސް ސްކީމެއް ތަޢާރަފްކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ. މި ބިލު ހުށައަޅާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ދީދީއެވެ.
21 Nov 2023
ޚަބަރު
ދިވެހިން ދަތުރުކުރާއިރު "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރަން ނުޖެހޭގޮތަށް ނިންމައިފި
ދިވެހިން ދަތުރުކުރާއިރު "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމައިފިއެވެ.
21 Nov 2023
ވިޔަފާރި
އެސްޓީއޯގެ ހިޓާޗީ ފްރިޖުތަކުގައި ވެސް ހަކަތަރި ލޭބަލް ޖަހަންފަށައިފި
އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކަށް ކަރަންޓު ބޭނުންވާ މިންވަރު އަނގައިދޭ "ހަކަތަރި" ލޭބަލް ޖަހަން ފަށައިފިއެވެ. އެގޮތުން އެސްޓީއޯއިން މިހާރުވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފައެވެ.
20 Nov 2023
ޚަބަރު
ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް މިއަދު ފޮނުއްވާފައިވާކަމަށެވެ.
20 Nov 2023
ޚަބަރު
ފޭސްބުކް ހެކްކޮށްގެން ހިންގާ ސްކޭމްތައް އިތުރުވަނީ، ސަމާލުވޭ!
ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސްކޮށްފިއެވެ.
20 Nov 2023
ޚަބަރު
ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްސަ ކައުންސިލެއް އުފައްދައިފި
ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ޚާއްސަ ކައުންސިލެއް ވަޒީރުންގެ މަޖިލީހުގައި އުފައްދަވައިފިއެވެ. މި ކައުންސިލްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
20 Nov 2023
ޚަބަރު
ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުގައިވެސް ޤައުމީ ދިދަ ނަގާގޮތަށް ހަމަޖައްސަވައިފި
ސަރުކާރުގެ ވަޒީރުންގެ ގެކޮޅުތަކާއި ކާރުކޮޅުގައިވެސް ދިވެހި ޤައުމީ ދިދަ ނަގާފައި ބަހައްޓާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.