Advertisement

ފޮޓޯ: އެމްއޭސީއެލް

22 Nov 2023
ޚަބަރު

ވީއައިއޭގެ ފިއުލް ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ ފިއުލް ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރަން ފަށައިފިއެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ ފިއުލް ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރުމުގެ މަސައްކަތުގެ ފޭސް1 މިހާރު ނިމިފައިވާކަމަށެވެ.

ވީއައިއޭއަށް ޖައްސާ ބޯޓުފަހަރަށް މިހާރު ތެޔޮއަޅަމުންދަނީ ބައުޒަރުތައް ބޭނުންކޮށްގެންނެވެ. ނަމަވެސް މި ފިއުލް ހައިޑްރަންޓް ނެޓްވޯކް ބޭނުންކުރަން ފެށުމުން ބައުޒަރުތަކުގެ ބަދަލުގައި  ބޯޓު ޕާކްކުރާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ތެޔޮ އަޅާ ހޮޅިތައް ނުވަތަ ހައިޑްރޭންޓް ސިސްޓަމް މެދުވެރިކޮށް ސީދާ ބޯޓަށް ތެޔޮ އެޅޭ ގޮތަށެވެ. މި ހައިޑްރަންޓް ނެޓްވޯކް އަޅާފައިވަނީ، ރަންވޭގެ އަޑިން ހޮޅިތަކެއް އަޅައިގެންނެވެ.

ފިއުލް ހައިޑްރަންޓް ނެޓްވޯކާ އެކު ތެޔޮ އެޅުމުގެ މަސައްކަތް 70 ޕަސެންޓަށް އަވަސް ވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. މިހާރު ވައިޑް ބޮޑީ އެއާކްރާފްޓަކަށް ތެޔޮ އެޅުމަށް 60 މިނެޓާއި 70 މިނެޓް ހޭދަވާއިރު މި ފިއުލް ހައިޑްރަންޓް ނެޓްވޯކާއިއެކު މި ވަގުތު 15 މިނެޓަށް ކުޑަވެގެންދާނެއެވެ.

އެމްއޭސީއެލް އިން ބުނީ، މި ފިއުލް ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރުމަށް ފަހު ބޭނުންކުރަން ފަށާނީ އަންނަ އަހަރު ކުރީކޮޅު ކަމަށެވެ. މިހާރު ކުރަމުންދަނީ ބޭނުންކުރަން ފެށުމުގެ ކުރިން ޓެސްޓު ކުރުމުގެ މަރުހަލާއެވެ. އެގޮތުން ތެޔޮ އެޅުމަށް ބޭނުންވާ ޕްރެޝަރު ލިބޭތޯއާއި، ބައިނަލްއަޤްވާމީ ސްޓޭންޑާޑަށް ފެތޭތޯއާއި އަދި އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމުގެ މަސައްކަތެވެ.

މި ފިއުލް ހައިޑްރަންޓް ނެޓްވޯކުން ސީޕްލޭންތަކަށްވެސް ތެޔޮ އެޅުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.