Advertisement

ފިލްމް އެސޯސިއޭޝަނުން އެއްކުރި ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

23 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ފަލަސްޠީނަށް އެހީވުމަށް ފިލްމް އެސޯސިއޭޝަނުން އެއްކުރި ބައި މިލިޔަނަށްވުރެ ގިނަ ރުފިޔާ އައިއޭސީއާ ހަވާލުކޮށްފި

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، ރާއްޖޭގެ ފިލްމް އެސޯސިއޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ "އިންސާނިއްޔަތަށްޓަކައި" ކެމްޕޭނުގެ ތެރެއިން ހިންގި ހަރަކާތްތަކުން ލިބުނު ބައި މިލިޔަނަށްވުރެ ގިނަ ރުފިޔާ، އިންޓަރނޭޝަނަލް އެއިޑްކެމްޕެއިން، އައިއޭސީއާ ހަވާލުކޮށްފިއެވެ.

މިއެހީ އައިއޭސީއާ ހަވާލުކޮށްފައި ވަނީ ފިލްމް އެސޯސިއޭޝަންގެ ފަރާތުން ރޭ ބޭއްވި ޙަފްލާއެއްގައެވެ. 

ފިލްމް އެސޯސިއޭޝަނުން، "އިންސާނިއްޔަތަށްޓަކައި" ނަމުގައި ކުރިޔަށް ގެންދިޔަ ކެމްޕޭންގެ ދަށުން ހިންގި ހަރަކާތްތަކުން، ޖުމްލަ 685،651.90ރ. ލިބިފައިވާކަމުގައި ފިލްމް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ފިލްމް އެސޯސިއޭޝަންގެ މިހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވަނީ، ހުސްވި އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ 3 ވަނަ ދުވަހާއި ހަމައަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.