ޚަބަރު
ޚަބަރު
15 Nov 2023
ޚަބަރު
މަޖިލިސް މެމްބަރުންގެ ސުލޫކީ ގަވާއިދު އެކުލަވާލަނީ
މަޖިލީހުގެ ހައިބަތާއި ކަރާމާތް ހިފަހައްޓަން "މަޖިލިސް މެންބަރުން ޢަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ޤަވައިދު" އެކުލަވާލުމުގެ މަސައްކަތްތައް އަލުން ފަށްޓަވާނެކަމަށް މަޖިލީހަށް ދާދިފަހުން އިންތިހާބުކުރި ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
15 Nov 2023
ދުނިޔެ
ހޮސްޕިޓަލުން މަރުވަމުންދާ މީހުން ވަޅުލުމުގެ ހުއްދަ ނުދޭތީ، ގިނަ ހަށިގަނޑުތަކެއް ދަނީ ކުނިވަމުން: ދުވަސް 39
އަލް-ޝިފާ ހޮސްޕިޓަލުން ގިނަ ބަޔަކު މަރުވަމުންދާއިރު، މަރުވެފައި ތިބި މީހުންގެ ހަށިގަނޑުތައް ވަޅުލުމުގެ ފުރުސަތެއް އިސްރާއީލުން ނުދޭތީ ގިނަ ހަށިގަނޑުތައް މިހާރު ދަނީ ކުނިވަމުން. އަދި އަލް-ޝިފާ ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާފައި ތިބި ކުދިންނަށް ފަރުވާ ނުދެވި އެ ތުއްތު ފުރާނަތައް މަރުވަމުންދާ މަންޒަރު ފެނި، އެ ހޮސްޕިޓަލުގައި ތިބި ބަލި މީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލަމުން އެބަދޭ.
14 Nov 2023
ކުޅިވަރު
ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެވުނުކަމުގެ އިހްސާސް ކުރެވޭ: މަޙްލޫފް
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ކެބިނެޓުގެ ކުޅިވަރުގެ ވަޒީރުގެ ހައިސިއްޔަތުން، ދިވެހި ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސް، ތާރީހުގައި ލިބުނު އެންމެ ބޮޑެތި ބައިނަލްއަޤްވާމީ ކާމިޔާބީތައް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްދެވުނުކަމުގެ އުފާ ލިބޭ ކަމަށް އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މި ވާހަކަ ހިއްސާކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
14 Nov 2023
ލައިފްސްޓައިލް
ރާއްޖޭގައި ތިބެގެން އިތުރު 3 ގައުމަކަށް ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައިފި
ދިވެހި ރާއްޖޭގައި ތިބެގެން އިތުރު ތިން ގައުމެއްގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމު ފޮރިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.  ޝެންގެން ވިސާއަކީ ޔޫރަޕުގެ 25 ގައުމެއް ހިމެނޭ ގޮތުން ކަނޑައަޅާފައިވާ ޝެންގެން ސަރަހައްދަށް ދަތުރު ކުރާނަމަ ނަގަން ޖެހޭ ވިސާއެކެވެ. ރާއްޖެއިން އެ ވިސާ ލިބޭ ގައުމުތަކުގެ ލިސްޓަށް އިތުރުވި ތިން ގައުމަކީ ފްރާންސާއި ސްޕޭނާއި ޕޯޗުގަލްއެވެ.
14 Nov 2023
ޚަބަރު
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށައަޅުއްވައިފި
އަންނަ އަހަރަށް ލަފާކުރި 49.5 ބިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހަޅުއްވަމުން ގެންދެވިއިރު މަޖިލީހުގެ ތަޅުމުގައި މައިނޯރިޓީ ޕާޓީގެ މެމްބަރުން ގެންދިޔައީ އަޑުގަދަކޮށް ނިޒާމީ ނުކުތާ ނަގަމުންނެވެ.
14 Nov 2023
ވިޔަފާރި
5 މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް ދެން ބަލައިގަންނާނީ ބީލަން ޕޯޓަލްއިން
ދައުލަތުން ކުރިއަށް ގެންދާ 5 މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް ދެން ބަލައިގަންނާނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ބީލަން ޕޯޓަލް ތަޢާރަފްކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.
14 Nov 2023
ޚަބަރު
މައުލޫމާތު ނުފޮރުވައި ނޫސްވެރިންނަށް ހާމަކުރާނަން: މުއިއްޒު
ސަރުކާރުން މައުލޫމާތު ނުފޮރާވާނެ ކަމަށާ ހުރިހާ މައުލޫމާތެއް ނޫސްވެރީންނަށް ހާމަ ކުރައްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ދިވެހި ނޫސްވެރީންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.
13 Nov 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އަސްލަމް އިންތިޚާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އަސްލަމް އިންތިޚާބުވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 71 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އަސްލަމްއާ ވާދަކުރެއްވި، ޢަލީ އާޒިމްއަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
13 Nov 2023
ޚަބަރު
މާބަނޑު ބުޅަލެއްގެ ބަނޑަށް ވަޅިހަރައި މަރާލި ދިވެއްސަކު ހައްޔަރުކޮށްފި
އެނގިފައިވާ ގޮތުގައި، އެމީހާ ވަޅިން ހަމަލާދީ މަރާލީ، އަމީރު އަހުމަދު މަގުގެ އިރުމަތީކޮޅުން ނަސަންދުރަ ކައިރި ހިސާބުގައި ދިރިއުޅެމުން ދިޔަ ބުޅަލެކެވެ.
13 Nov 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވައިފި
އިސްތިއުފާގެ ސިޓީގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނު މަޤާމުގައި އިތުރަށް ދެމިހުރެގެން މަޖިލީހަށް ލިބޭނެ ގެއްލުންތައް ބޮޑުކަމުގައި ފެންނާތީ އިސްތިއުފާ ދެއްވީކަމުގައި ވިދާޅުވެފައެވެ.
13 Nov 2023
ޚަބަރު
މި ސަރުކާރު އައިއިރު ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި: ރައީސް
އެކަންކަމަށް އިޝާރާތްކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް އިތުބާރާއި ޔަޤީންކަން އަލުން އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ.
13 Nov 2023
ޚަބަރު
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެބޭފުޅަކަށް ދެއްވައިފި
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ފުރަތަމަ ފަހަރަށް ލިބިވަޑައިގެންނެވި ދެބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަޤާމުގައި ހުންނެވި ގަލޮޅު އުތުރުގޭ އަޙްމަދު ޚަލީލާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަޤާމުގައި ހުންނެވި ހެންވޭރު ސީވީޑް އަޙްމަދު ލަޠީފެވެ.
13 Nov 2023
ދުނިޔެ
ހޮސްޕިޓަލްތަކަށް ހަމަލާދޭތީ ފަރުވާ ނުލިބި އެތައް ބަޔަކު އަންނަނީ މަރުވަމުން: ދުވަސް 37
ވޯލްޑް ހެލްތް އޯގަނައިޒޭޝަންއިން ހާމަކުރާ ގޮތުގައި ހޮސްޕިޓަލްތަކަމަށް ހަމަލާ ދިނުމުގެ ނަތީޖާއެއްގެ ގޮތުން، ފަރުވާ ނުލިބިފައި ތިބި އެތައް ބަޔަކު އަންނަނީ މަރުވަމުން. މީގެ ތެރޭގައި ދުވަސް ނުފުރާ އަލަށް ވިހާފައި ތިބި ތުއްތު ކުދިން ވެސް ހިމެނޭ.
13 Nov 2023
ޚަބަރު
ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަ ހައްޖު ކޯޓާއެއް
ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށް ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.
13 Nov 2023
ޚަބަރު
ނަޝީދު ވަކިކުރުމުގެ ގަރާރު ބޭރުކޮށްލީ މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމުގެ ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.ބަންޑާރަ ނައިބު މިހެން ވިދާޅުވެފައިވަނީ ރޭ ކުރެއްވި ޓުވިޓެއްގައެވެ.
13 Nov 2023
ޚަބަރު
ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހައި ހިދުމަތެއް އޮންލައިންކޮށްފި
ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް، އެއްތަނަކުން ލިބޭގޮތަށް ބަދަލުކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްފައި ވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ އޮންލައިން ލައިސަންސް ތައާރަފް ކޮށްފައެވެ.