Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

15 Nov 2023
ޚަބަރު

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން ހުޅުވާލި 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާންމުކުރައްވައިފިއެވެ. މި ލިސްޓު އާންމުކޮށްފައިވަނީ ދާއިމީ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބެލުމަށްފަހުގައެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ މި ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އެންމެ ފުރަތަމަ ޕްލޭނިންގ މިނިސްޓްރީން އާންމުކުރެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ލިސްޓު އާންމު ކުރުމާއެކު ޕޮއިންޓު ލިބިފައި ހުރި ގޮތާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކަކާއި، އެކި ކަހަލަ ތުޙުމަތުތަކާއި ޝަކުވާތައް ހުރުމުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 5 އިން ފެށިގެން 10 އަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލިއެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާގެ ގޮތުގައި 7521 ޝަކުވާ ހުށަހަޅާފައިވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް އިޔާއަތްކޮށް ބެލުމަށްފަހުކަމަށެވެ. މި ލިސްޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ. އެގޮތުން ލިސްޓަށް އައިސްފައިވާ ބަދަލުތަކާއެކު ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ނެގުމަށްފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފްލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

3 ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 7000 ރުފިޔާއާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 5000 ރުފިޔާއާއި މަރާމާތު ފީގެގޮތުގައި މަހަކު 1000 ރުފިޔާއެވެ. މި ފްލެޓްތަކަށް ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފްލެޓް ޙަވާލުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހުކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މުއްދަތަކީ 300 މަސް ނުވަތަ 25 އަހަރެވެ.  

  

ކޮމެންޓް
Munaathakiahko Ibrahim
ކޮންމެސް ބަޔަކައްލިބޭނެ
30 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.