Advertisement

ފަހުމު ނާމާގައި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން --

15 Nov 2023
ޚަބަރު

ސާނަވީ މަރުހަލާގައި ކިޔަވާކުދިންނަށް، ކޯސްތަކުގައި ބައިވެރިވެވޭނެ މަގުފަހިކޮށްދިނުމަށް ފަހުމް ނާމާއެއްގައި ސޮއިކޮށްފި

ސާނަވީ މަރުހަލާގައި ކިޔަވާކުދިންނަށް، ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަނަލް ކޯސްތަކުގައި ބައިވެރިވެވޭނެ މަގުފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފަހުމް ނާމާއެއްގައި ސޮއިކޮށްފިއެވެ.

މިފަހުމްނާމާގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއެކުރައްވާފައި ވަނީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން އައިޝަތު ޢަލީ އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ޑރ. އިބްރާހީމް ޙަސަންއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވީ، އެ ފަހުމުނާމާާގައި ސޮއިކުރުމުގެ ބޭނުމަކީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރެވޭ ޓެކްނިކަލް އިންސްޓިޓިއުޓްތަކުގައި ކުރިއަށް ގެންދާ، ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަނަލް ކޯސްތަކުގައި ސްކޫލް ދަރިވަރުނަށް ބައިވެރިވެވޭނެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.

މިގޮތުން، މިފަހުމްނާމާގައި ސޮއެކުރެވިގެން ދިޔުމުން، ގްރޭޑް 9 އަދި 10 ގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް، މި ޓެކްނިކަލް އިންސްޓިޓިއުޓްތަކުން ހިންގާ ނޭޝަނަލް ލެވެލް ސެޓްފިކެޓް 3 އަދި 4ގެ ކޯސްތަކުގައި ބައިވެރިވެވޭނެކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.