Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

15 Nov 2023
ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަ ދުވަހު އިސްލާމީ މަރުކަޒު ބަންދު ނުކުރުމަށް އަންގައިފި

ހުވާކުރެއްވުމުގެ ރަސްމިއްޔާތާ އޮންނަ ދުވަހު އެއްވެސް ނަމާދު ވަގުތެއްގައި އިސްލާމީ މަރުކަޒު ބަންދުނުވާނެގޮތަށް އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށްވެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސް މިގޮތަށް އެދިވަޑައިގެންނެވީ އަންނަ ހުކުރު ދުވަހުގެ އަސުރު ނަމާދާއި މަޣުރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ވަދެވޭނީ ޗާނދަނީމަގު ފަޅިންކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވުމުންނެވެ. އެގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމެވީ، އަންނަ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނެތީއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިނުގަންނަވާކަން، އިސްލާމިކް މިނިސްޓްރީއަށް އެންގެވިކަމަށެވެ. އަދި، ސަލާމަތީ ސަބަބުތަކަށްޓަކައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނަ ދުވަހުގެ ޢަޞުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ޚާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސެވި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި ޢާއްމު އުޞޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދަޔަކުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމިކް މިނިސްޓްރީގައި އެދިވަޑައިގެންފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހުކުރު ދުވަހުގެ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް އަދި އެއްވެސް ނަމާދު ވަގުތެއްގައި މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުގެ އަސުރު ނަމާދާއި މަޣުރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ނަމާދަށް ދާ ފަރާތްތަކުން މިސްކިތައް ވަނުމަށް ބޭނުންކުރެވޭނީ ނޭޝަލް އާޓްގެލެރީ ފަޅިއާއި، ޤައުމީ ދާރުލް އާސާރު ފަޅިން ޗާންދަނީ މަގު ފަޅިން ކަމަށް ހާމަކޮށްފައިވަނީ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދުވާނެތީވެ އެކަން ރައްޔިތުންނަސް އެންގުމުގެ ގޮތުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.