Advertisement

ކުރީގެ ރައީސް މުޙައްމަދު ނަޝީދު --

13 Nov 2023
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ދޫކޮށްނުލެއްވުމަށް، މެދު ކެނޑުމެއްނެތި 6 މަސްދުވަސް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު އެންމެ ފަހުން އެ މަޤާމުން މިއަދު ރައީސް ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވައިފިކަން ހާމަކުރެއްވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށް މިއަދު 4:00އަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެވެ. އަދި ޝަރީފު ވަނީ ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ، މަޖިލީހުގެ ތަޅުމުގައި އިއްވަވައި، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދާނޭ ތަނެއް ދެން ނެތްކަމަށް ކަނޑައަޅުއްވައި މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައެވެ.

އިސްތިއުފާގެ ސިޓީގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނު މަޤާމުގައި އިތުރަށް ދެމިހުރެގެން މަޖިލީހަށް ލިބޭނެ ގެއްލުންތައް ބޮޑުކަމުގައި ފެންނާތީ އިސްތިއުފާ ދެއްވީކަމުގައި ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ވެއްދުމުން، މަޤާމުގެ ނާޖާއިޒު ނުފޫޒާއި ބާރުތައް ބޭނުން ކުރައްވައިގެން ރައީސް ނަޝީދު ވަނީ، އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދީ ހިފަހައްޓަވާފައެވެ.

ސިޔާސީ މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ރައީސް ނަޝީދު މަޤާމުން އިސްތިއުފާ ދެއްވީ، މަޤާމުގައި ގަދަބާރުން ދެމިހުންނެވުމަށް ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވެ އިތުރަށް ކުރެއްވޭނެ ކަމެއް ނެތުމުން، އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަޤާމުން ވަކިކުރުމުގެ ލަދުން ސަލާމަތްވެ ވަޑައިގެންނެވުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.