Advertisement

ރައީސް ޞާލިހްގެ އަރިހުގައި މިނިސްޓަރ މަހްލޫފް

14 Nov 2023
ކުޅިވަރު

ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެވުނުކަމުގެ އިހްސާސް ކުރެވޭ: މަޙްލޫފް

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ކެބިނެޓުގެ ކުޅިވަރުގެ ވަޒީރުގެ ހައިސިއްޔަތުން، ދިވެހި ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސް، ތާރީހުގައި ލިބުނު އެންމެ ބޮޑެތި ބައިނަލްއަޤްވާމީ ކާމިޔާބީތައް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްދެވުނުކަމުގެ އުފާ ލިބޭ ކަމަށް އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މި ވާހަކަ ހިއްސާކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ވަޒީރުކަމުގެ 5 އަހަރުގެ ދައުރަށް އަލިއަޅުވާލައްވަވާ ކުރެވެވި ޕޯސްޓްގައި ގިނަ ވާހަކަތަކެއް މިނިސްޓަރ މަޙްލޫފް ޙިއްސާ ކުރެއްވެވިއެވެ. އެގޮތުން ފުޓުބޯޅަ ކުޅޭ ދަނޑުތައް ތަރައްގީ ކުރުމަށް ފެށުނު މަސައްކަތުގެ ތެރެއިން، 150 އަށް ވުރެން ގިނަ ރަށުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔައިރު، 55 ދަނޑެއްގެ މަސައްކަތް މުޅިން ނިންމާލެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި 40 އަށް ވުރެން ގިނަ ވޮލީ ކޯޓު ނިންމުނު ކަމަށާއި، 50 ވަރަކަށް ވޮލީކޯޓުގެ މަސައްކަތްތައް މިހާރު ވެސް ކުރިޔަށްދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ޕާކު އެޅުމަށް 160 އަށް ވުރެން ގިނަ ރަށަށް ތަކެތި ފޮނުވުނުކަމަށް ވެސް މަހްލޫފް ފާހަގަ ކުރެއްވެވިއެވެ.

މި ވާހަކައިގެ ތެރެއިން އިތުރު ކަމެއް ވެސް މިނިސްޓަރ މަޙްލޫފް ފާހަގަ ކުރެއްވެވިއެވެ. އެއީ މަޝްރޫއުތައް ހިންގާ ރަށްރަށުގެ ތެރެއިން މަސައްކަތް ނުނިމިގެން ރަށްރަށުން ކުރާ ޝަކުވާތަކާއި، އެއް ރަށަށް ލިބޭ ޕްރޮޖެކްޓްތައް އަނެއް ރަށަށް ނުލިބިގެން ކުރަމުން ދިޔަ ޝަކުވާތަކުގެ ވާހަކައެވެ. މި މައްސަލައަށް އަލިއަޅުވާލާ މިނިސްޓަރ ވިދާޅުވީ، ނުވާކަންކަމުގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނުންކަމަށާއި، ނަމަވެސް ގަސްތުގައި އެއްވެސް ރަށަކަށް އެ މަނިކުފާނު އިހުމާލުވެފައި ނޯންނާނެކަމަށެވެ. އަދި އެ މަނިކުފާނު އަބަދުވެސް މަސައްކަތްކުރެއްވީ ހުރިހާ ރަށަކަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެވޭތޯ ކަމުގައި ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކައިގައި ދެން ފާހަގަ ކުރެއްވީ، ނުނިންމުނު މުހިންމު މަސައްކަތްތަކުގެ ވާހަކައެވެ. އެގޮތުން ސްވިމިންގ ޕޫލް ނުނިންމުނިތީ އެކަމާ ހިތާމަކުރާ ކަމަށާއި، ނަމަވެސް މި މަސައްކަތް ކުރުމަށް ސްވިމިންގ އެސޯސިއޭޝަނާ އެއްބަސްވެވުނު ގޮތާ އެއްގޮތަށް ޕޫލް ތަރައްގީކުރުމަށް ކަނޑައެޅި ބިން އެ ސޯސިއޭޝަނާ ހަވާލުކޮށްފައި އޮންނަތާ 4 އަހަރު ވެފައި ވާކަމަށް ހިއްސާކުރެއްވެވިއެވެ. މި މަސައްކަތަށް އަމިއްލަ ފަރާތަކުން އިންވެސްޓް ކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިކުރައްވާފައިވާކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ.

މީގެ އިތުރުން، ގަލޮޅު ފުޓުބޯޅަ ދަނޑާއި، އައްޑޫ، ފުވައްމުލަށް، ކުޅުދުއްފުށި، އަދި ތިނަދޫ ސިންތެޓިކް ޓްރެކް، ނެޝަނަލް ޓީޓީ ސެންޓަރު، ނެޝަނަލް ބާސްކެޓު ބޯޅަ އެރީނާ، އަދި ނެޝަނަލް ވޮލީބޯލް ޓްރެއިނިންގ ސެންޓަރުގެ އަމަލީ މަސައްކަތް ނުފެށުނީތީ ހިތާމަކުރައްވާކަމަށް ވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް 40 މިލިއަން ޑޮލަރުގެ މި މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާ މިހާރު ކުރިޔަށްދާތީ ހިންހަމަޖެހޭކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅު ކުރުކޮށްލެއްވީ މި މަސައްކަތްތަކުގައި އެ މަނިކުފާނާއިއެކު މަސައްކަތް ކުރެވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރުމަށް ފަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.