Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

15 Nov 2023
ޚަބަރު

އަންނަ މަހު އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅަށް

އާރްޓީއެލްގެ ޚިދުމަތް އަންނަ މަހު ނ.އަތޮޅުގައި ފެށުމަށް ތައްޔާރީތައް ވަމުންއަންނަކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ވިދާޅުވެއްޖެއެވެ. ނ.އަތޮޅަކީ އާރްޓީއެލްގެ ޚިދުމަތް ފަށާ 9 ވަނަ އަތޮޅެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ވިދާޅުވީ، ނ.އަތޮޅުގައި ޚިދުމަތް ފެށުމަށް ބޭނުންވާ ހައިސްޕީޑް ފެރީތައް ބަނުމުގެ މަސައްކަތް ނިިމިފައިވާކަމަށެވެ. 11000ވުރެ ބޮޑު އާބާދީއެއް އޮންނަ އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އެ އަތޮޅުގައި ފެރީގެ ޚިދުމަތް ދޭނީ 4 ރޫޓަކަށްކަމަށެވެ. އަދި އެ އަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމަށް 3 ހައިސްޕީޑް ފެރީ ބޭނުންކުރާނެއެވެ. ނަމަވެސް އަންނަ މަހު، ފުރަތަމަ ޚިދުމަތް ފަށާއިރު ބޭނުންކުރާނީ 2 ފެރީކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

3 ފެރީއާއެކު ޚިދުމަތް ފުރިހަމަވެގެންދާއިރު، މާފަރު އެއަރޕޯޓަށް ޚާއްސަ ކަނެކްޝަން ރޫޓެއް އޮންނާނެއެވެ. ނ.އަތޮޅުގައި ޚިދުމަތް ފެށުމުގެ ތައްޔާރީތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން އަންނަނީ ވަމުންނެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. 

ކޮންމެ ޒޯނެއްގައިވެސް ފުރަތަމަ ހަފްތާގައި ކުރިއަށްގެންދަނީ ތަޖުރިބާ ދަތުރުތަކެވެ. މިިއީ އެއްވެސް އަގެއް ނުނަގާ ކުރިއަށްގެންދާ ދަތުރުތަކެވެ. އަޖުމަބެލުމުގެ ދަތުރުތަކަށްފަހު، އެއްވެސް ބަދަލެއް ގެންނަން ފެންނަނަމަ އެ ބަދަލެއް ގެންނާނެއެވެ. މިހާތަނަށް އާރްޓީއެލްގެ ޚިދުމަތް ދެމުން އަންނަނީ ހއ، ހދ، ށ، ޅ، ގއ، ގދ އަދި ފުވައްމުލަކާއި އައްޑޫ ސިޓީގައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.