Advertisement

މާބަނޑުބުޅަލެއްގެ ގަޔަށް ވަޅިހަރައި މަރާލި މީހާ ހައްޔަރުކޮށްގެން ގެންދަނީ ---

13 Nov 2023
ޚަބަރު

މާބަނޑު ބުޅަލެއްގެ ބަނޑަށް ވަޅިހަރައި މަރާލި ދިވެއްސަކު ހައްޔަރުކޮށްފި

މާލޭގެ މަގުމަތީގައި ދިރިއުޅެމުން ދިޔަ މާބަނޑު ބުޅަލަކަށް ވަޅިން ހަމަލާދީ މަރާލި ދިވެެއްސަކު ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި، އެމީހާ ވަޅިން ހަމަލާދީ މަރާލީ، އަމީރު އަހުމަދު މަގުގެ އިރުމަތީކޮޅުން ނަސަންދުރަ ކައިރި ހިސާބުގައި ދިރިއުޅެމުން ދިޔަ ބުޅަލެކެވެ.

އެމީހާ ބުޅަލަށް ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއާ އަދި އެމީހާ ހައްޔަރުކޮށްގެން ފުލުހުން ގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ ވަޅި ހަރާފައި ވަނީ، ބުޅާ ޕޭމަންޓްމަތީގައި އޮށޯވެލައިގެން އޮއްވައި އޭގެ ބަނޑަށެވެ. އެބުޅާ އެނގޭ މީހަކު ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ވަޅިހެރުމުގެ ސަބަބުން އެބުޅަލާއި އޭގެ ބަނޑުގައިވާ އަދި އުފަންނުވާ ބުޅާތައްވެސް ވަނީ މަރުވެފައެވެ.

ވަޅި ހެރުމުގެ ސަބަބުން މަރުވި ބުޅާ -- ފޮޓޯ: ސޯޝަލްމީޑިއާ

މިއަނިޔާވެރި އަމަލު ހިންގިމީހާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އާއްމުންދަނީ ސޯޝަލްމީޑިއާގައި ގޮވާލަމުންނެވެ. ރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ބުޅާ ފަދަ ދިރޭ ޖަނަވާރުތަކަށް އަނިޔާކުރުމަކީ ޤާނޫނީ ކުށެެކެވެ.

މާލެއާ ހުޅުމާލޭގެ މަގުތައް މަތީގައި ގިނަ އަދަދެއްގެ ބުޅާތައް ދިރިއުޅޭ އިރު އެތަކެއްޗާއި މެދު ބައެއް މީހުން އަނިޔާވެރި އަމަލުތައް ހިންގައެވެ. އެހެން ނަމަވެސް މިއީ މިފަދަ އަނިޔާވެރި އަމަލެއް ފާހަގަވެގެން ދިޔަ ފުރަތަމަ ފަހަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.