Advertisement

ފޮރިން މިނިސްޓްރީ

14 Nov 2023
ލައިފްސްޓައިލް

ރާއްޖޭގައި ތިބެގެން އިތުރު 3 ގައުމަކަށް ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައިފި

ދިވެހި ރާއްޖޭގައި ތިބެގެން އިތުރު ތިން ގައުމެއްގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމު ފޮރިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.  

ޝެންގެން ވިސާއަކީ ޔޫރަޕުގެ 25 ގައުމެއް ހިމެނޭ ގޮތުން ކަނޑައަޅާފައިވާ ޝެންގެން ސަރަހައްދަށް ދަތުރު ކުރާނަމަ ނަގަން ޖެހޭ ވިސާއެކެވެ. ރާއްޖެއިން އެ ވިސާ ލިބޭ ގައުމުތަކުގެ ލިސްޓަށް އިތުރުވި ތިން ގައުމަކީ ފްރާންސާއި ސްޕޭނާއި ޕޯޗުގަލްއެވެ. 

ފޮރިން މިނިސްޓްރީންވަނީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށްޓަކައި 1 މާރިޗު 2020 ގައި ވީއެފްއެސް، ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެ މާލޭގައި ހުޅުވާފައެވެ.  

Advertisement

މި ސެންޓަރު މެދުވެރިކޮށް ޔޫރަޕުގެ ގިނަ ޤައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުޞަތު ތަނަވަސްވުމުގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލަންޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަކަން ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

މިޚިދުމަތް އިތުރަށް ފުޅާކުރުމަށް ފޮރިން މިނިސްޓްރީން ޝެންގެން ޒޯނުގައި ހިމެނޭ ޤައުމުތަކުގެ ޚާރިޖީ ވުޒާރާތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެގޮތުން ވީ.އެފް.އެސް. މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑުން މިދިޔަ އޮގަސްޓުމަހުގެ 21ގައި ވަނީ ގުޅިފައެވެ.މިސެންޓަރު މެެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަރލެންޑްސް، ޕޮލެންޑް، ލަގްޒެމްބޮރގް އަދި ސްލޮވީނިއާ ޝެންގަން ވިސާއަށް މިހާރު އެޕްލައިކުރެވޭނެއެވެ.

މީގެ އިތުރުން އިއްޔެއިން ފެށިގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލް ގެ ޝެންގަން ވިސާއަށް ވީ.އެފް.އެސް. މާލެ ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފަައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެކުރިން ދިވެހިން ޝެންގެންގައި ހިމެނޭ ޤައުމުތަކަށް ވިސާ ނެގުމަށް ދާން ޖެހެނީ ސްރީލަންކާގެ ކޮލޮމްބޯއަށް ނޫނީ އިންޑިއާގެ ނިއުދިއްލީއަށެވެ. ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދުނިޔޭގެ 101 ޤައުމަށް ދިވެހި ޕާސްޕޯޓުގައި ވިސާއާއި ނުލައި މިހާރު ދަތުރުކުރެވޭނެއެވެ. އަދި ދުނިޔޭގެ 185ޤައުމާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ވަނީ ގާއިމްކޮށްފައެވެ.  

އިތުރު އާޓިކަލް
06 Dec 2023
ކުޅިވަރު
ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރެސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން އަންގައިފި
އިންގްލިޝް ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް އޯލްޑް-ޓްރެފަޑްގައި ނިކުންނަ މެޗުގެ ޕްރެސް ކޮންފަރެންސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން ބުނެފިއެވެ.
06 Dec 2023
ޚަބަރު
މަޤާމުން ވަކިކުރި މީހުންނަކީ އިދާރީ އޮޅުމަކުން އައްޔަނުކުރެވުނު މީހުން: ރައީސް
ސްޓޭޓް މިިނިސްޓަރަކަށް އައްޔަނުކުރި މުންއިމް މަޤާމުން ވަކިކުރީ އޭނާއަކީ ވާދަވެރި ކެންޑިޑޭޓަށް ކެމްޕޭނުކުރި މީހަކަށްވާތީ ކަމަށް މައުލޫމާތު ލިބިފައެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް އައްޔަނުކުރި ފަހުމީ ހަސަންއަކީ އޭނާ ސިވިލްސަރވިސސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުރި އިރު އެތަނުގެ މުވައްޒަފަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި ދައުވާ ކުރެވުނު މީހެކެވެ. އޭނާ މަޤާމުން ވަކިކުރީވެސް އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުުވެފައި ވަނިކޮށެވެ.
05 Dec 2023
ޚަބަރު
މެޑިކަލް ޗެކަޕާއި، ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިދެނީ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑޮކްޓަރުންގެ ރިކުއެސްޓާއި އެކު އާސަންދައިން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށާއި، އައިވީއެފް, އައިޔޫއައި އަދި ބޯންމެރޯން ހެދޭނެގޮތަށް އާސަންދައިގެ އުސޫލުތައް ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
05 Dec 2023
ޚަބަރު
ހައްޖު ފަރުޟުނުވާ 50 މީހަކު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިއަހަރު ހައްޖަށް ފޮނުވައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ހައްޖަށް ދިޔުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އަދި ހައްޖު އެބައެއްގެ މައްޗަށް ވާޖިބު މީހުން، ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިޔުމަށް ފައިސާދައްކައި، ކޯޓާ ނުލިބިގެން ހައްޖަށް ނުދެވި ތިއްބައި، ރާއްޖެއަށް ލިބޭ މަދުކޯޓާ ބޭނުންކޮށްގެން، ހައްޖު އެބައެއްގެ މައްޗަށް ފަރުޟު ނުވާ މީހުން، ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހައްޖަށް ފޮނުވައި ދިނުމަކީ، އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.