ޚަބަރު
ޚަބަރު
08 Nov 2023
ޚަބަރު
ސިޓްރިޒަން ދިޔާ ބޭހެއް ބޭނުން ކުރުމާއި ވިއްކުން ރާއްޖޭގައި މަނާކޮށްފި
އެމްއެފްޑީއޭއިން ބުނެފައި ވަނީ މިބޭހުގައި، ކެމިކަލް މާއްދާއެއް ކަމުގައިވާ، ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލިން ގްލައިކޯލް ހިމެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށް އިންޒާރު ދީފައިވާ ކަމަށެވެ. އަދި މިބްރޭންޑުގެ ބޭހުގެ 10 ސާމްޕަލް ނަގައި ޓެސްޓްކުރި އިރު އެމާއްދާތައް އެބޭހުގައި އެކުލެވިގެންވާ ކަން ތަޙްލީލުތަކުން ދައްކާފައިވާ ކަމުގައިވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
08 Nov 2023
ޚަބަރު
އަބޫދާބީ ދަތުރުފުޅު ނިންމަވާލައްވައި އިންތިޚާބީ ރައީސް ރާއްޖެ ވަޑައިގެންފި
08 Nov 2023
ޚަބަރު
ފެހުރިހީގެ ހިމާޔަތް ތިމާވެއްޓާއި ބެހޭ ޤާނޫނުގެ ދަށަށް
މިގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ފަހު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
08 Nov 2023
ޚަބަރު
ޤައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12 ވަނަ ދުވަސް ފާހަގަކުރަނީ
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ލަފާފުޅުގެ މަތިންނެވެ. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ދުވަހެއް ކަޑައެޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ވިދާޅުވީ މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ޤައުމީ ފެންވަރެއްގައި އަދި ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުންކަމުގައެވެ.
08 Nov 2023
ޚަބަރު
ސަގާފީ އަދި އާސާރީ ތަކެތި ރައްކާތެރި ކުރުމާއި ގުޅޭ މުހިއްމު މުއާހަދާއެއްގައި ސޮއެކުރެއްވުމަށް ނިންމަަވައިފި
"ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިންގ އެންޑް ޕްރިވެންޓިންގ ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓް އެންޑް ޓްރާންސްފަރ އޮފް ކަލްޗަރަލް ޕްރޮޕަރޓީ" މުޢާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
07 Nov 2023
ޚަބަރު
ރައީސް ނަޝީދު ދުބާއީއަށް ވަޑައިގެންފި
މިކޮންފަރެންސަށްފަހުގައި ރައީސް ނަޝީދު އެނބުރި ރާއްޖެވަޑައިގަންނަވާނީ، މި މަހުގެ 11 ވަނަ ދުވަހުގައިކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
07 Nov 2023
ޚަބަރު
ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް 37 ނޫސްވެރިން މަރާލައިފި
ރޭ އިޒްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި، ވެސް ވަނީ ފަލަސްޠީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލާފައެވެ. ރޭ ޝަހީދުކޮށްލާފައި ވަނީ، މުހައްމަދު އަލް ޖަލާލް ނަމަކަށްކިޔާ ނޫސްވެރިއެކެވެ. އިޒްރާއީލުން އޭނާ ދިރިއުޅޭ އިމާރާތަށް ބޮން އެޅުމުގެ ސަބަބުން އޭނާ އާއި އޭނާގެ އަނބިމީހާއާި އެދެމަފިރިންގެ ކުޑަ ދެދަރިން ވަނީ ޝަހީދުވެފައެވެ.
07 Nov 2023
ޚަބަރު
އިންތިޚާބީ ދާއިރާތަކާއި މެދު ހުށައެޅި ޝަކުވާތައް ބަލައި ނިންމައިފި
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާ/ޚިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާކޮށް ނިންމާފައިވާ ކަމަށާއި، ޝަކުވާ/ޚިޔާލު ހުށަހެޅި ފަރާތްތަކަށް އީސީ އިން މިއަދު ޖަވާބު ދޭނެކަމަށެވެ.
07 Nov 2023
ޚަބަރު
މާލޭ މަގުމަތިން ފެނުނު ކުޑަ ކަންޒު ކަހަނބެއް ކާށިދޫއަށް ގެންގޮސް ދޫކޮށްލައިފި
ކ. ކާށިދޫއަކީ ޤުދުރަތީ ގޮތުން ރާއްޖޭގައި ކަންޒު ކަހަނބު އާލާވެ ދިރިއުޅޭ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އީީޕީއޭން މިއަދު ކުރި ޓްވީޓެއްގައިި ބުނެފައި ވަނީ، މާލެއިން އެކަންޒު ކަހަނބު ފެނިފައި ވަނީ މިހަފްތާގެ ކުރީކޮޅުގައި ކަމަށެވެ. އަދި އެކަންޒު ކަހަނބު ކާށިދޫގެ ޗަސްބިމަށް ދޫކޮށްލީ، ކާށިދޫ ކައުންސިލްގެ އެހީތެރިކަމާއި އެކުގައި ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.
07 Nov 2023
ޚަބަރު
އެމްޑީޕީން ސްޕްރީމްކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވި ހުއްޓިފައި އޮތް އޮތުމާއި ގުޅޭ ގޮތުން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ސްޕްރީމްކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ. އިއްޔެ މިމައްސަލައިގެ އަޑުއެހުންތައް ނިންމާ ނުލެވުނީ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ދަ ޑިމޮކްރެޓްސްއަށް އެފަރާތުން ހުށައަޅަން ބޭނުންވާ ނުކުތާތައް ހުށައެޅުމަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި އިތުރު ފުރުޞަތަކަށް އެދުމުންނެވެ.
06 Nov 2023
ޚަބަރު
ޣައްޒާއަށް ނިއުކުލިއަ ހަތިޔާރުން ހަމަލާދިނުމަށް އިޒްރޭލުގެ މިނިސްޓަރަކު ގޮވާލި ގޮވާލުން ދިވެހިރާއްޖެއިން ކުއްވެރިކޮށްފި
އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގެ މުޅި އުތުރު ޣައްޒާއަށް އެޅި ބޮންތައް އެއްކޮށްލާއިރު، އޭގެ ބާރު ނިއުކުލިއަ ބޮމަކާއި އެއްވަރު ކަމަށާއި، އަދި މުޅި އުތުރު ޣައްޒާ އިޒްރާއީލުން ވަނީ ފުނޑުފުނޑުކޮށްލާފައި ކަމުގައިވެސް ހަނގުރާމައިގެ މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
06 Nov 2023
ޚަބަރު
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މަޤާމުން ރިޓަޔަރ ކުރައްވައިފި
28 އަހަރުގެ ޚިދުމަތަށް ފަހު، ކޮމިޝަނަރ ޖެނެރަލް ރިޓަޔަރ ކުރެއްވި އިރު، އޭނާ އެ މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ، 23 ޖޫން 2020ގައެވެ. އެއީ އެމަޤާމުގައި ކުރިން ހުންނެވި، އަޙްމަދު ނުޢުމާން 31 މާރިޗް 2020ގައި އަވަހާރަވުމަށް ފަހުގައެވެ.
06 Nov 2023
ޚަބަރު
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޑިޖިޓަލްކޮށް އާއްމުކޮށްފި
06 Nov 2023
ޚަބަރު
އިންތިޚާބީ ރައީސް އަބޫދާބީއަށް ވަޑައިގެންފި
އެމަނިކުފާނު މިއަދު އަބޫދާބީއަށް ކުއްލި ގޮތަކަށް ވަޑައިގެންނެވީ، އެޤައުުމުގެ ސަރުކާރުގެ ޚާއްޞަ ދައުވަތަކަށް ކަން އެނގިފައިވެއެވެ. އަދި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސަވަނީ، އެފަރާތުން ކަމުގައި އިންތިޚާބީ ރައީސްގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.
06 Nov 2023
ޚަބަރު
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތަސް އައު ރައީސްއަށް ހުވާކުރެވޭނެ: ބަންޑާރަ ނައިބު
ފާޠިމަތު ޙަލީމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިފައި ވަނިކޮށް ކުރިޔަށް ނުގެންދެވޭނީ ދެކަމެއް ކަމަށެވެ. އެއީ އެހެން މައްސަލައެއްގައި ބަހުސް ކުރުމާއި އެހެން މައްސަލައެއްގައި ވޯޓު ނެގުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އައު ރައީސް ހުވާކުރުމުގެ ޖަލްސާއަކީ، އެފަދަ ޖަލްސާއެއް ނޫންކަން ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ފާހަގަކުރެއްވިއެވެ.
06 Nov 2023
ޚަބަރު
އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދިޔުމާއި ގުޅޭ ގޮތުން ސްޕްރީމްކޯޓުގައި ކުރިޔަށް ދިޔަ މައްސަލައިގެ އަޑުއެހުންތައް މިއަދު ނުނިމުނީ ޑިމޮކްރެޓްސްގެ ސަބަބުން
ރައީސް ނަޝީދު ނިސްބަތްވާ ޕާޓީން އެމަައްސަލައިގެ ތެރެއަށް ތަދައްޚުލްވީ އިއްޔެއެވެ. އެޕާޓީގެ ވަކީލު ކޯޓުގައި ބުނީ، މައްސަލައާގުޅޭ ލިޔެކިޔުންތައް ޕާޓީއަށް ލިބުނީ ރޭ 10:00 ހާއިރުގައި ކަމަށެވެ. އެހެންވެ އެޕާޓީން ހުށައަޅަން ބޭނުންވާ ނުކުތާތައް ހުށައެޅުމަށް މިއަދަށް ތައްޔާރު ނުވެވޭކަމަށް ބުނެ މާދަމާ ފުރުޞަތެއް ދިނުމަށް އެޕާޓީގެ ފަރާތުން އެދުނެވެ.