Advertisement

ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރޭގައި ހިމެނޭ ގުޑުގުޑާ ދޫނި --

09 Nov 2023
ޚަބަރު

ހިޖުރަ ކުރާ ދޫނި ހިފުމާއި އެތަކެއްޗަށް ގޯނާކުރުމަކީ މަނާކަމެއްކަން އީޕީއޭއިން ހަނދާންކޮށްދީފި

އިރުވައި މޫސުމް ފެށެން ގާތްވެފައިވާ އިރު، ރާއްޖެއަށް ހިޖުރަކުރާ ދޫނި ސޫފާސޫފި ހިފުމާއި އެތަކެއްޗަށް ގޯނާ ކުރުމަކީ މަނާކަމެއްކަން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހަނދާންކޮށްދީފިއެވެ.

އަންނަ މަހު، އިރުވައި މޫސުމްގެ ފުރަތަމަ ނަކަތް ފެށޭއިރު، އިރުވައި މޫސުމަށް އަންނަ ހިޖުރަކުރާ ދޫނިތައް ނޮވެމްބަރު މަހުން ފެށިގެން ރާއްޖެއިިން ފެންނަން ފަށައެވެ. އެހެންވެ އެކަމާއި ގުޅޭ ގޮތުން އީޕީއޭއިން އާއްމުކޮށްފައިވާ ސަރކިއުލަރ ގައި ބުނެފައި ވަނީ، އިރުވައި މޫސުމަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ރާއްޖެއަށް އެކި ބާވަތް ބާވަތުގެ ގިނަ ދޫނިތަކެއް ހިޖުރަ ކުރާ ދުވަސްވަރެއް ކަމަށެވެ. މިގޮތުން ހިޖުރަކުރާ ދޫންޏަކީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން، ހެދިފައިވާ ޤަވާއިދުން ހިމާޔަތް ކުރެވިފައިވާ ދޫނި ސޫފާސޫފި ކަމަށާއި، އެހެންކަމުން އެފަދަ ދޫނި ހިފުމަކީ، އެޤަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާކުރެވިފައިވާ ކަމެއް ކަމުގައި އީޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

އީޕީއޭއިން ބުނީ، ދިވެހިރާއްޖެއިން ފެންނަ، ގިނަ ބާވަތްތަކުގެ ދޫންޏަކީ، މޫސުމާއި ގުޅިގެން ހިޖުރަކޮށް ރާއްޖެއަށް އަންނަ ދޫނިތައް ކަމަށެވެ. އެހެންކަމުން އެތަކެތި ރައްކާތެރިކުރުމަކީ، ދިވެހިރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ޤުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރި ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމުގައިވެސް އީޕީއޭއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް މިފަދަ ދޫނި، ވިޔަފާރި ކުރުމަށާއި، މުނިފޫހި ފިލުވުމަށް ހިފައިގެން ގެންގުޅޭކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމުގައިވެސް އީޕީއިން ވަނީ ބުނެފައެވެ.

އީޕީއޭއިން ވަނީ، ހިޖުރަކުރާ ދޫނި ނުހިފުމަށާއި އެތަކެއްޗަށް ގޯނާ ނުކުރުމަށް އިލްތިމާސްކުރުމުގެ އިތުރުން، އެފަދަ އަމަލުކުރާ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓްކޮށްދިނުމަށްވެސް އާއްމުންގެ ކިބައިން އެދިފައެވެ. އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަަކާއި، ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭ ގޮތުން އެ އޭޖެންސީ އަންގާ އެންގުންތަކަށް ތަބާވުމާއި އެކު، ޤާނޫނާއި ޤަވާއިދުތައް ތަންފީޒްކުރުމުގައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަށް އެދިފައެވެ.

ރާއްޖެއަށް މިދުވަސްވަރު ހިޖުރަކުރާ ދޫނީގެ ތެރޭގައި، މާކަނާ އާއިލާގައި ހިމެނޭ ގުޑުގުޑާ ދޫންޏާއި އިރުވާހުދާއި ލަގަނާފަދަ ދޫނިތަކާއި، ބުޅިތުނބިއާ، ތޭރަވަޔާއި އިލޮޅިއާ، ރާދަ އަސްދޫންޏާއި، ރޭރު ފަދަ ދޫނިތައް ހިމެނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.