Advertisement

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ---

09 Nov 2023
ޚަބަރު

ފްލެޓްގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ، ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދީފައިވާ ފުރުޞަތު، އިތުރުކޮށްފައި ވަނީ، ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކަމަށެވެ. މިގޮތުން، 10 ނޮވެންބަރު 2023 ގެ 23:59އަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ. 

ކުރިން އެމިނިސްޓްރީން ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައި އޮތީ މިއަދުގެ ނިޔަލަށެވެ.

ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމު ކުރުމާއިއެކު ގިނަ ފަރާތްތަކަކުން ވަނީ މާކްސް ދީފައިވާ ގޮތާއި މެދު ޝަކުވާކޮށްފައެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ، ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދީފައި ވަނީ، ފްލެޓަށް އެދި ހުށައެޅި ފަރާތްތަކުން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ދިނުމުގެ އިތުރުން، ފްލެޓަށް ޝަރުޠު ހަމަވެ، މި ބުރުގައި ފްލެޓް ނުލިބޭ ފަރާތްތަކަށް ލިޔުމެއް ދޫކުރާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.