Advertisement

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އުތުރު ޣައްޒާ ސުންނާފަތިވެފައި ---

09 Nov 2023
ޚަބަރު

ދުނިޔޭގެ 9 ޤައުމަކުން އިޒްރޭލާއި އެކު ޤާއިމްކޮށްފައިވާ ގުޅުންތައް ކަނޑާލައިފި

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލުން ހިންގަމުންދާ ޢުދުވާންތަކާއި ޤަތުލް އާއްމުތަކާއި ދެކޮޅު ހެދުމުގެ ގޮތުން، މިހާތަނަށް ދުނިޔޭގެ 9 ޤައުމަކުން އިޒްރޭލާ ގުޅުން ކަނޑާލައިފިއެވެ.

އިޒްރޭލާއިއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކުގެ ތެރެއިން، މިހާތަނަށް ގުޅުން ކަނޑާލާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ބަހްރައިން، ހޮންޑިއުރާސް، ބޮލީވިއާ، ޖޯޑަން، ކޮލަމްބިއާ،  ސައުތް އެފްރިކާ، ޗާޑް، އަދި ތުރުކިޔޭ އާ ޗިލީންނެވެ. މިޤައުމުތަކުން ވަނީ އެޤައުމުތަކުގެ ސަފީރުން އަނބުރާ ގެނައުމުގެ އިތުރުން، އެޤައުމުތަކުގައި ތިބި އިޒްރޭލުގެ ޑިޕްލޮމެޓުންވެސް ފޮނުވާލާފައެވެ.

އިޒްރޭލުން 8 އޮކްޓޫބަރުން ފެށިގެން ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުންގެންދާއިރު، އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އަމަލުތައް ބައިނަލް އަޤުވާމީ މުޖުތަމަޢުންނާއި، ޤައުުމުތަކުން ދަނީ ކުއްވެރިކުރަމުންނެވެ. އަދި މުޅިދުނިޔޭގައި އިޒްރޭލާއި ދެކޮޅަށް ދަނީ ބޮޑެތި އެއްވުންތަކާއި މުޒާހަރާތައް ބާއްވަމުންނެވެ.

އިޒްރޭލުން އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުންފެށިގެން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ހުޅަނގު އައްސޭރިންނާއި ޣައްޒާއިން 10300 ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ބިމާހަމަކޮށްލާފައިވާ އެތައް އިމާރާތްތަކެއްގެ ދަށުގައި އެތައް ބަޔަކު ވަނީ ތާށިވެފައެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށްވެސް ވަނީ ނުކުޅެދިފައެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުންދާތާ 34 ދުވަސް ވީއިރު، މިހާތަނަށް އިޒްރޭލަށް ހަމާސްއިން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ އެއްވެސް މީހަކު ހޯދިފައި ނުވަތަ ސަލާމަތްކުރެވިފައިވެސް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.