ޚަބަރު
31 Oct 2023
ޚަބަރު
ހަނގުރާމަ މެދުކަނޑާލުމަށް ނަތަންޔާހޫ އެއްބަހެއްނުވޭ: ދުވަސް 24
ހަމާސްއިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އަސީރުން ބަދަލުކުރުމަށް ޑިމާންޑްކޮށް، އަދި އިސްރާއީލު ސަރުކާރުން އެ ގައުމުގެ މީހުން ރައްކާތެރި ކުރުމުގެ މަސައްކަތް ނުކުރާތީ އެކަމަށް ފާޑުކިޔާފައިވޭ. އިސްރާއީލުން މި ވީޑިއޯއާ ގުޅިގެން ބުނަނީ އެއީ ހަމާސްގެ "ސައިކޮލޮޖިކަލް ޕްރޮޕެގެންޑާ" އެއް ކަަމަށް.
31 Oct 2023
ޚަބަރު
ދެރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު ފިރާޤެވެ.
30 Oct 2023
ދުނިޔެ
ލުއިސް ޑިއާޒްގެ ބައްޕަ ސަލާމަތް ކުރުމަށް އެހީވާ މީހަކަށް 40،000 ޕައުންޑު
ލުއިސް ޑިއާޒްގެ ބައްޕަ ހޯދުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ބޮޑު މިލިޓަރީ އޮޕަރޭޝަނެއް މިހާރު ފަށާފައިވާއިރު، މި އިދާރާތަކުންވަނީ ޑިއާޒްގެ ބައްޕަ ހޯދުމަށް މައުލޫމާތު ދޭ ފަރާތަކަށް 40،000 ޕައުންޑު ދޭނެކަމަށް އިއުލާންކޮށްފައެވެ. ފުލުހުންނާއި ސިފައިން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި 120 ސިފައިންގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
30 Oct 2023
ޚަބަރު
އުއްތަމަ ފަނޑިޔާރު އަރިއަތޮޅުގައި މަސައްކަތްކުރާ ޝަރުޢީދާއިގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފި
މިހަފްތާގެ ކުރީކޮޅު އެމަނިކުފާނު އަރިއަތޮޅަށް ކުރެއްވި ދަތުރުފުުޅުގައި ވަނީ، އއ. ތޮއްޑޫ، އުކުޅަސް، ރަސްދޫ، ހިމަންދޫ، ފެރިދޫ އަދި މަތިވެރިއަށް ވަޑައިގެން، އެރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ، މެޖިސްޓްރޭޓުންނާއި، މުވައްޒަފުންނާއި ބައްދަލުކުރައްވާފައި ކަމުގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވާފައިވެއެވެ.
30 Oct 2023
ޚަބަރު
އިންތިޤާލީ މަރުހަލާގެ ރޫހަށް އިހްތިރާމްކުރުމަށް އިންތިޚާބީ ރައީސްގެ އޮފީހުން ގޮވާލައިފި
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންތިޤާލީ މަރުހަލާގައި ދައުލަތގެ ހަރުމުދަލާއި، ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ޤާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށާއި އިންތިޤާލީ މަރުހަލާގެ ރޫހަށް އިހްތިރާމްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
30 Oct 2023
ޚަބަރު
ނުރަސްމީ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަނީ
ޕީއެންސީގެ އިސްބައެއް ފަރާތްތަކުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނީ ސިންގަޕޫރް އެއާލައިންސްގެ ފްލައިޓެއްގައެވެ. އެހެން ނަމަވެސް މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަން ހާމަކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރައްވާފައެއްނުވެއެވެ.
30 Oct 2023
ޚަބަރު
މި ވަގުތައް ހުޅުމާލެއިން އެއްވެސް ބިމެއް ނުވިއްކަން އޭސީސީން އާބަންކޯއަށް އަންގައިފި
ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ހުޅުމާލޭގެ ބިންތައް ވިއްކުމާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް އަންގައިފިއެވެ.
30 Oct 2023
ޚަބަރު
މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތައް 22 މިލިއަން ރުފިޔާ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުން 22 މިލިއަން ރުފިޔާއަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުންޏާއެވެ.
30 Oct 2023
ޚަބަރު
ވީއައިއޭ އައު ޓާމިނަލް ސެޕްޓެމްބަރ މަހަށް ނިމޭނެ: މުއިއްޒު
ނުނިމި ދިގުލައިގެން ގޮސްފައިި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަޝްރޫއު، އެންމެ ލަސްވެގެން އަންނަ ސެޕްޓެމްބަރަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
30 Oct 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ މިއަދުވެސް ސަލާމުގައި ހުންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށައަޅުއްވާފައިވާ ޤަރާރުގެ މައްސަލަ މިއަދުވެސް ކުރިއަށް ނުގެންދެވި ޖަލްސާ ކެންސަލް ކޮށްފިއެވެ.
29 Oct 2023
ޚަބަރު
އެސްޓީއޯއަށް ތިންވަނަ ކުއާޓާގައި 760 މިލިއަންގެ ފައިދާއެއް
އެސްޓީއޯއަށް 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.
29 Oct 2023
ޚަބަރު
ލިވަޕޫލްގެ ލުއިސް ޑިއާޒްގެ މަންމަ އާއި ބައްޕަ ކޮލަމްބިއާގައި ރަހީނުކޮށްފި
އިނގިރޭސިވިލާތުގެ ލިވަރޕޫލް ފުޓުބޯޅަ ކުލަބަށް މިދިޔަ ސީޒަނުގައި ބަދަލުވި ކޮލްމަބިއާގެ ހަލުވި މިޑްފިލްޑަރ، ލުއިޒް ޑިއާޒްގެ މަންމަ އާއި ބައްޕަ ހޮނިހިރު ދުވަހު ކޮލަންބިއާގައި ރަހީނުކޮށްފިއެވެ.
29 Oct 2023
ޚަބަރު
ލޯންޗާއި ދޯންޏެއް އެކްސިޑެންޓްވެ މީހަކު މަރުވި ހާދިސާ ފުލުހުން ދަނީ ތަޙްޤީޤުކުރަމުން
ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ، ހއ. އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓްވި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގައި ކަމަށެވެ. އެހާދިސާގައި އެކަކުމަރުވެ 3 މީހަކަށް އަނިޔާވެފައި ވާއިރު، އެހާދިސާގައި ނިޔާވެފައި ވަނީ، އިހަވަންދޫ ނަޔާޑޭޒީގޭ ޢަބުދުއްރަޝީދު މުޙައްމަދު (68އ) އެވެ. މިއެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އިހަވަންދޫ ޞިއްޙީމަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.
29 Oct 2023
ޚަބަރު
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވި
އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާފައިވާ ގޮތުގައި އީވާ މަޖިލީހަށް ސަލާމް ފޮނުއްވާފައި ވަނީ މަޖިލީހުގެ ރައީސް އަދި އެކަމަނާގެ ބޮޑުބޭބޭފުޅު ރައީސް ނަޝީދު މަޤާމުން ވަކި ކުރުމުގެ މައްސަލައަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. ޖަލްސާ ނުބޭއްވޭނެ މަޖިލީހުގެ ތަޅުމުގައި އިއުލާނު ކުރައްވަމުން ނިއުޝާ ވިދާޅުވީ، އީވާ މަޖިލީހުގެ އިދާރާއަށް ސަލާމް ފޮނުއްވާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
29 Oct 2023
ޚަބަރު
މަޖިލީހަށް ހޮވޭ އަންހެނުންނަށް ޕާޓީގެ ތެރެއިން އެލަވަންސްއެއް ދިނުމަށް މަސައްކަތް ކުރާނަން: މުއިއްޒު
މަޖިލީހަށް ހޮވޭ އަންހެނުންނަށް ޕާޓީގެ ފަރާތުން ހާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީން %20 ގޮޑިއަށް އަންހެނުން ވާދަކޮށް، އެ ކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
29 Oct 2023
ޚަބަރު
ފަލަސްޠީނަށް އެހީވުމަށް ދިވެހިން 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި
ޔަހޫދީ އިޒްރާއީލުން ފަލަސްޓީނުގެ ގައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.