Advertisement

އާދިއްތަ ދުވަހު ކުޅުނު މެޗުގައި ލިވަޕޫލްގެ ޖޯޓާ ގޯލުޖެހުމަށްފަހު އެމީހުން ޑިއާޒްއާއެކު ތިބިކަން ހާމަކުރުމަށް އޭނާގެ ޖާޒީ ދައްކާލަނީ ---

30 Oct 2023
ދުނިޔެ

ލުއިސް ޑިއާޒްގެ ބައްޕަ ސަލާމަތް ކުރުމަށް އެހީވާ މީހަކަށް 40،000 ޕައުންޑު

ލިވަޕޫލް ފުޓުބޯޅަ ކްލަބަށް ކުޅެމުންއަންނަ ކޮލަމްބިއާގެ މިޑްފިލްޑަރގެ މަންމަ އާއި ބައްޕަ މިދިޔަ ހޮނިހިރު ދުވަހު ކޮލަމްބިއާއިން ކިޑްނެޕްކޮށްފައިވަނިކޮށް، ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި އޭނާގެ މަންމަ ސިލެނިސް މަރުލާންޑާ ވަނީ ހަމަ އެ ދުވަހު އެ ގައުމުގެ  އުތުރުގެ  ސަރަހައްދެއްކަމުގައިވާ  ބަރަންކާސްއިން  ސަލާމަތްކުރެވިފައެވެ. ނަމަވެސް މިހާތަނަށް އޭނާގެ ބައްޕަ ލުއިޒް މަނުއަލް ޑިއާޒް ފެނިގައެއް ނުވެއެވެ.

ލުއިސް ޑިއާޒްގެ ބައްޕަ ހޯދުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ބޮޑު މިލިޓަރީ އޮޕަރޭޝަނެއް މިހާރު ފަށާފައިވާއިރު، މި އިދާރާތަކުންވަނީ ޑިއާޒްގެ ބައްޕަ ހޯދުމަށް މައުލޫމާތު ދޭ ފަރާތަކަށް 40،000 ޕައުންޑު ދޭނެކަމަށް އިއުލާންކޮށްފައެވެ. ފުލުހުންނާއި ސިފައިން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި 120 ސިފައިންގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ

ކޮލަމްބިއާގެ ސިފައިން ހާމަކޮށްފައިވާ ގޮތުގައި އެމީހުން ކުރިޔަށްގެންދާ އޮޕަރޭޝަންގައި ހެލިކޮޕްޓަރާއި ތަފާތު މިލިޓަރީ އާލާތްތައް އަންނަނީ ބޭނުންކުރަމުންނެވެ

މީގެ އިތުރުން ކޮލަމްބިއާގެ އެޓާނީ ޖެނެރަލް ފްރާންސިސްކޯ ބަރްބޯސާ ހާމަކޮށްފައިވާ ގޮތުން، އޭނާ ވާނީ ދެފަހަރެއްގެ މަތިން ލުއިސް ޑިއާޒްއާ ގުޅާ، އޮޕަރޭޝަންގެ އަދާހަމަ މައުލުމާތު އޭނާއާ ހިއްސާކޮށްފައެވެ.

ކޮލަމްބިއާއަކީ މިފަދަ ކުށްތަކަށް މަޝްހޫރު ގައުމަކަށް ވިޔަސް، 2000 ވަނަ އަހަރުން ފެށިގެން ކިޑްނެޕް ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރެވިފައިވާ މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން މި ފަހުގެ ނަމްބަރުތައް ބުނާގޮތުން، އެ އަދަދު ހާހަކަށް ވެސް އަރާފައެއް ނުވެއެވެ. ނަމަވެސް މި އަހަރު އަނެއްކާވެސް މިފަދަ ކޭސްތައް ރިޕޯޓް ކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފުރަތަމަ 6 މަހު މި އަދަދު 77 ގައި ހުރި ނަމަވެސް، ޖުލައި މަހުގެ ފަހުން އެދަދު ދެގުނަވެ، މިހާތަނަށް ރިޕޯޓު ކުރެވުނު ކޭސްތަކުގެ އަދަދު ވަނީ 160 ން މައްޗަށް އަރާފައެވެ. އަދި އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ހާމަކުރާގޮތުން، ގޭންގުތަކުން މިކަން ކުރަނީ ފައިސާ ހޯދުމަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.