Advertisement

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު --

30 Oct 2023
ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަނީ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ނަރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ ކަމުގައި ޕީއެންސީން ހާމަކޮށްފިއެވެ.

ޕީއެންސީގެ އިސްބައެއް ފަރާތްތަކުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނީ ސިންގަޕޫރް އެއާލައިންސްގެ ފްލައިޓެއްގައެވެ. އެހެން ނަމަވެސް މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަން ހާމަކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރައްވާފައެއްނުވެއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިންގަޕޫރް ދަތުރުފުޅަކީ، އެމަނިކުފާނޫ ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވުމަށްފަހުގައި ޤައުމުން ބޭރަށް ކުރައްވާ ދަތުރުފުޅެވެ. އެމަނިކުފާނު ވެރިކަމުގެ ހުވާކުރައްވާނީ، އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ބާއްވާ ޚާއްސަ ރަސްމިޔާތުގައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ވަޑައިގަންނަވާއިރު، ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ހިނގަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.