Advertisement

31 Oct 2023
ޚަބަރު

ހަނގުރާމަ މެދުކަނޑާލުމަށް ނަތަންޔާހޫ އެއްބަހެއްނުވޭ: ދުވަސް 24

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 24 ވަނަ ދުވަސް،30 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ހަމާސްއިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އަސީރުން ބަދަލުކުރުމަށް ޑިމާންޑްކޮށް، އަދި އިސްރާއީލު ސަރުކާރުން އެ ގައުމުގެ މީހުން ރައްކާތެރި ކުރުމުގެ މަސައްކަތް ނުކުރާތީ އެކަމަށް ފާޑުކިޔާފައިވޭ. އިސްރާއީލުން މި ވީޑިއޯއާ ގުޅިގެން ބުނަނީ އެއީ ހަމާސްގެ "ސައިކޮލޮޖިކަލް ޕްރޮޕެގެންޑާ" އެއް ކަަމަށް.

🔴 އިސްރާއީލުން ޣައްޒާގައި ހިންގި މިލިޓަރީ އޮޕަރޭޝަނެއްގައި ހަމާސްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި އިސްރާއީލް ސިފައިންގެ މީހަކު ދޫކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި.

🔴 ހަމާސް-އިސްރާއީލް ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލަމުންދާ ގޮވާލުމަށް އިސްރާއީލުގެ ޕްރައިމް މިނިސްޓަރ ނަތަންޔާހޫ އެއްބަހެއް ނުވޭ

🔴 އިސްރާއީލުގެ ވައިގެ ހަމަލާއަކުން ތުރުކީ-ފަލަސްތީނުގެ ފްރެންޑްޝިޕް ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އަންކާރާއިން ވަނީ ވަރަށް ބޮޑަށް އިސްރާއީލުގެ މި އަމަލު ކުށްވެރިކޮށްފަ.

🔴 އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ރެޑް ކްރެސެންޓު ޖަމާއަތުގެ ގުދަންތަކަކަށް ގެއްލުން ލިބިފައިވާކަމަށް އެ ޖަމްއިއްޔާއިން ބުނެފި

🔴 މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ބޮންއަޅަމުންދާތީ، ޣައްޒާއަށްވަނީ މީގެ ކުރިން ދުވަހަކުވެސް ހީނުކުރާ މިންވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިކަމަށް، ޔޫނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިޔު.އޭ) ގެ ޗީފް، ފިލިޕް ލަޒާރިނި ބުނެފި.

🔴 ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތަކަށް ބޭނުންވާތަކެތި މިހާރު ފޯރުކޮށްދެވެމުން ނުދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި.

🔴 އޮކްޓޯބަރ 7 ން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި އެ ގައުމުގެ 8،306 މީހަކު މިހާތަނަށް މަރުވެފައިވޭ. ހަމާސްގެ ހަމަލާތަކުން މަރުވެފައިވަނީ އިސްރާއީލުގެ 1400 މީހުން.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.