ޚަބަރު
ޚަބަރު
21 Oct 2023
ޚަބަރު
ބޭސް ގަންނަ ބޭރު ކުންފުންޏަކާއިއެކު ސޮއިކުރަން އުޅޭ ވާހަކަ އެސްޓީއޯއިން ދޮގުކޮށްފި
ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަން ބޭރު ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ އެސްޓީއޯ އިން ދޮގުކޮށްފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ތަރުޖަމާނު ފިރުޒުލް މުހައްމަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގެންނަން ޓެމިލްނާޑޫގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ގާއިމްކުރަމުން އަންނަ ކަމަށް އިންތިގާލީ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގައި ފާހަގަވެފައިވާ ކަމަށެވެ.
21 Oct 2023
ޚަބަރު
ހދ. މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައި ބިދޭސީ ބަޔަކު މަރުވެއްޖެ
މިހާދިސާ ހިނގާފައި ވަނީ، މިއަދު ހަވީރު މަކުނުދޫގައި ނަރުދަމާގެ މަސައްކަތް ކުރާ މީހުން ތިބޭ ސައިޓެއްގައެވެ. އެ ސައިޓް ހުންނަނީ، މަކުނުދޫ ބަނދަރު ސަރަހައްދުގައެވެ. ހާދިސާގައި މަރުވީ ކިތައް މީހުންކަމެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް ފުލުހުން ވިދާޅުވީ ދެ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
21 Oct 2023
ޚަބަރު
ރަފަހް ބޯޑަރު ހުޅުވައި އެހީގެ ތަކެއްޗާއި އެކު ފުރަތަމަ ޓްރަކްތައް ޣައްޒާއަށް ވަދެއްޖެ
އެހީގެ ތަކެއްޗާއިއެކު ޣައްޒާއަށް ވަނުމުގެ ފުރުޞަތު ފުރަތަމަ ދީފައި ވަނީ 20 ޓްރަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޣައްޒާގެ އާއްމުންނަށް ބޭނުންވާ އެންމެ އަސާސި ތަކެއްޗެވެ. ޣައްޒާ އާ މިސްރުގެ ރަފަހް ގުޅޭ ރަފަހް ކްރޮސިންގ މިއަދު ހުޅުވައި، އެހީގެތަކެތި ޣައްޒާއަށް ވައްދަން ފަށާފައި މިވަނީ، އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކާއި، ހިޞާރުގެ ސަބަބުން ޣައްޒާގެ 2.1 މިލިއަން ރައްޔިތުންނަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި ވަނިކޮށެވެ.
21 Oct 2023
ޚަބަރު
ފަލަސްޠީނަށް އެހީވުމަށް މަމްސް ޖަމިއްޔާގެ ޙާއްސަ ހަރަކާތެއް މިއަދު
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް މަމްސް ޖަމުޢިއްޔާއިން އިސްނަގައިގެން ޙާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތް އޮންނާނީ މިއަދު ހުޅުމާލެ ރުއްގަނޑު 1 ގައެވެ. މި އިވެންޓުގެ ހޮސްޓިން ޕާޓުނަރަކީ އާބަންކޯއެވެ.
21 Oct 2023
ދުނިޔެ
ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 14
އ.ދ. އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިހާރު 4،137 އަށް އަރާފައިވޭ، އަދި މަރުވި މީހުންގެ ތެރެއިން 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން. މީގެއިތުރުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ގާތްގަނޑަކަށް 352 މީހުން މަރާލާފައި.
21 Oct 2023
ޚަބަރު
ހިޔާ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކޮށްދޭނަން: މުއިއްޒު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ހިމަނާފައިވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހަވީރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ހިމެނޭ ސަރަޙައްދަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
21 Oct 2023
ޚަބަރު
ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކުރި އެމެރިކާގެ ދެ ރައްޔިތަކު ދޫކޮށްލައިިފި
ހަމާސްއިން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ މީހުންގެ އަދަދު 200އަށް އަރާނެ ކަމުގައި އިޒްރާއީލުން ވަނީ ބުނެފައެވެ. ހަމާސްއިން އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ދަނީ ފަލަސްޠީނުގެ ޣައްޒާގެ އާއްމުންނަށް ހަމަލާދީ އަންހެނުންނާއި ކުޑަކުދީން ޝަހީދު ކުރަމުންނެވެ. އަދި ޣައްޒާއިން ފެނާއި ކަރަންޓާއި އިންޓަރނެޓް ކަނޑާލައި ޣައްޒާއަށް ކާބޯތަކެއްޗާއި ތެލާއި ބޭސް ވެއްދޭނެ މަގުތައްވެސް އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ.
21 Oct 2023
ޚަބަރު
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ފޭސް-3 ގެ ފުރަތަމަބައި ހިއްކައި ނިންމައިފި
އެކުންފުނިން ބުނީ، ފުރަތަމަ މަރުހަލާގައި ހިއްކުމަށް ނިންމާފައިވާ 10 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށެވެ. އަދި ދެވަނަ މަރުހަލާގައި 53 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެބައިގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައިވެސް އާބަންކޯއިން ވަނީ ބުނެފައެވެ.
21 Oct 2023
ޚަބަރު
ފަލަސްޠީނާއި އެކު ދިވެހިން ތިބިކަން ހާމަކޮށް ބޮޑު ހިނގާލުމެއް މާލޭގައި ބާއްވައިފި
ރޭ އިރާކޮޅު މާލޭގައި ބޭއްވި މި ބޮޑު ހިނގާލުން ބޭއްވީ މަޖީދީމަގުގައެވެ. ކުޑަކުދިންނާއި އަންހެނުންނާއި އެކި އުމުރުގެ މީހުން ހިމެނޭގޮތުން މިހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ހިނގާލުމުގެ ބައިވެރިން ވަނީ ތަކުބީރު ކިޔައި އަދި ފަލަސްޠީނުގެ މިނިވަން ކަމަށާއި، ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު ބަލައި ނުގަތުމަށް ވަނީ ގޮވާލާފައެވެ.
20 Oct 2023
ޚަބަރު
ޣައްޒާގައި ހުރި ދުނިޔޭގެ 3 ވަނައަށް އެންމެ ޤަދީމީ، ކްރިސްޓިއަންފައްޅިއަށް އިޒްރޭލުން ހަމަލާދީ 150 މީހުން މަރާލައިފި
އިޒްރޭލުގެ ހަތަރު މިސައިލް ހަމަލާއެއް އެ ފައްޅިއަށް އެރިކަމަށް ރިޕޯޓްތައް ބުނެއެވެ. ފައްޅީގައި އޭރު ތިބީ، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، އެ ފައްޅީގެ ހިޔާވަހިކޮށް ހޯދައިގެން ތިބި، ހަތަރު ސަތޭކައެއްހައި މީހުންކަމަށާއި އެ މީހުންގެ ތެރޭގައި ނަޞާރާއިންނާއި މުސްލިމުންވެސް ހިމެނޭ ކަމުގައި އަލްޖަޒީރާއިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 150ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
20 Oct 2023
ޚަބަރު
އިޒްރޭލުގެ ހަމަލާތަކުގައި އދ.ގެ އިތުރު ދެ މުވައްޒަފަކު މަރާލައިފި
ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާއި ގުޅޭ ގޮތުން، އދ. އިންސާނީ އެހީދިނުމުގެ ގޮފިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެޖަމާޢަތުގެ އިތުރު ދެ މުވައްޒަފަކު އިޒްރޭލުގެ ހަމަލާތަކުގައި މަރުވެއްޖެކަމަށާއި، އަދި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އެ ޖަމާޢަތުގެ މުވައްޒަފުންގެ އަދަދު މިހާރު، 16އަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުން، ހުޅަނގުއައްސޭރީގައި އިޒްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި، ބައިތުލެހެމްއިން އެކަނިވެސް، 60 މަސައްކަތްތެރިން ހައްޔަރުކޮށްފައިވާ ކަމުގައި ޔޫ.ޑަބްލިޔު.އާރް.އޭ އިން ވަނީ ބުނެފައެވެ.
20 Oct 2023
ޚަބަރު
ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި
މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، އަލްމަސްޖިދުލް އަޤުޞާ މިނިވަންކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރައި އިޢާދަކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، މުސްލިމް ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމަށެވެ.
20 Oct 2023
ޚަބަރު
ބީއެމްއެލްގެ އޮންލައިން އެޕޮއިންޓްމަންޓް ޕޯޓަލްގައި އިތުރު ފީޗާސްތަކެއް
ބޭންކް އޮފް މޯލްޑިވްސް ގެ އޮންލައިން އެޕޮއިންޓްމަންޓް ޕޯޓަލްގައި އިތުރު ފީޗާސްތަކެއް ހިމަނައިފިއެވެ. ބީއެމްއެލްއިން ބުނީ މި ގެނައި ބަދަލުތަކާއެކު ބޭންކުގެ ބްރާންޗްތަކާއި އަދި ސާވިސް ސެންޓަރުން ހިދުމަތް ހޯދުމަށް ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
20 Oct 2023
ޚަބަރު
ހައްދުންމަތީގެ 12 ރަށެއްގައި އެމްއެންޑީއެފްގެ ތަމްރީންތަކެއް
ހައްދުންމަތީގެ ބައެއް ރަށްތަކުގައި އެމްއެންޑީއެފްއިން އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ. އެންއެންޑީއެފްއިން ބުނީ މި ތަމްރީންތައް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 30 އަށްކަމަށެވެ.
20 Oct 2023
ޚަބަރު
ކުރިއަށްއޮތް 2 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސް
ކުރިއަށް އޮތް 2 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި މާދަމާވެސް އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށެވެ.
20 Oct 2023
ޚަބަރު
ށ. ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރަން އަލުން ބީލަމަށް
ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މިއީ މިރަށް ބީލަމަށް ހުޅުވާލި 2 ވަނަ ފަހަރެވެ.