Advertisement

ޣައްޒާއަށް އިޒްރޭލުން ރޭ ދިން ހަމަލާތަކުގެ ގެއްލުންތައް --

20 Oct 2023
ޚަބަރު

ޣައްޒާގައި ހުރި ދުނިޔޭގެ 3 ވަނައަށް އެންމެ ޤަދީމީ، ކްރިސްޓިއަންފައްޅިއަށް އިޒްރޭލުން ހަމަލާދީ 150 މީހުން މަރާލައިފި

ޣައްޒާގައި ހުރި ދުނިޔޭގެ 3 ވަނައަށް އެންމެ ޤަދީމީ، ކްރިސްޓިއަންފައްޅި, ސެއިންޓް ޕޮޕިރަސް ޗާޗްއަށް އިޒްރޭލުން ހަމަލާދީ، އެފައްޅިން ހިޔާވަހިކޮށް ހޯދައިގެން ތިބި 150 މީހުން މަރާލައިފިއެވެ.

އިޒްރޭލު ސިފައިން މިހަމަލާދީފައި ވަނީ ރޭގެ ދަންވަރުގެ ވަގުތުގައެވެ. 

އިޒްރޭލުގެ ހަތަރު މިސައިލް ހަމަލާއެއް އެ ފައްޅިއަށް އެރިކަމަށް ރިޕޯޓްތައް ބުނެއެވެ. ފައްޅީގައި އޭރު ތިބީ، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، އެ ފައްޅީގެ ހިޔާވަހިކޮށް ހޯދައިގެން ތިބި، ހަތަރު ސަތޭކައެއްހައި މީހުންކަމަށާއި އެ މީހުންގެ ތެރޭގައި ނަޞާރާއިންނާއި މުސްލިމުންވެސް ހިމެނޭ ކަމުގައި އަލްޖަޒީރާއިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 150ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ސެއިންޓް ޕޮޕިރަސް ފައްޅިއަކީ، މީލާދުގެ 5 ވަނަ ޤަރުނުގެ ތެރޭގައި ބިނާކޮށްފައިވާ ފައްޅިއެކެވެ. 

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ދަނީ މިސްކިތްތަކާއި ފައްޅިތަކާއި، ސްކޫލުތަކާއި ހޮސްޕިޓަލްތަކަށް ހަމަލާތައް ދެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.