Advertisement

ގެދޮރުވެރިޔާ ސްކީމްގެ ނިމިފައިވާ ފްލެޓެއް، ފޮޓޯ: ސަން

21 Oct 2023
ޚަބަރު

މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ބާކީ 2 ދުވަސް

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން"  މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، ދިވެހި ރައްޔިތުންނަށް ފްލެޓު ދޫކުރުމަށް ޓަކައި ހިންގާ "ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހި" އާއި މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅެމުންދާތާ 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ "ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހި" އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވާން ބާކީ 2 ދުވަހަށް ވެއްޖެއެވެ. އެގޮތުން، މި ދެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހެގެ 15:00 އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" https://gedhoruverin.gov.mv/  މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ 2023 ސެޕްޓެންބަރު 24 ގައެވެ. މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި ދެ ސްކީމަށް ޝަރުޠު ހަމަވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ޚިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށެވެ.

މި ފިޔަވަހީގައި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމަށް ނިންމާފައިވަނީ ގިރާވަރު ފަޅުންނެވެ. އެގޮތުން ގިރާވަރުފަޅު ހިއްކައި ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. އަދި ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުނީމަކަމަށް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެތް ދޫކުރުމަށް ނިންމާފައިވަނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 (ފަނަރަ) އަހަރު ވެފައިވާ ފަރާތްތަކާއި (ހަމައެކަނި މައި އެޕްލިކަންޓް) އަދި، މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 (ފަނަރަ) އަހަރު ވެފައިވާ ފަރާތްތަކަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.