ޚަބަރު
16 Oct 2023
ޚަބަރު
ޔުނިވަރސިޓީއެއްކަމަށް ބަލާ މުއްދަތު 10 އަހަރަށް ކުޑަކުރުމަށް ބިލެއް
އެންމެ މަދުވެގެން 10 އަހަރުވެފައިވާ ކޮލެޖުތަކާއި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދެވޭ ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެންނަ ގޮތަށް ބިލެއް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށައެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
16 Oct 2023
ޚަބަރު
އެމްޓީސީސީގެ ފެރީތަކުގައިވެސް މިހާރު ވިސާ އަދި މާސްޓާކާޑުން ފައިސާ ދެއްކޭނެ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީތަކަށް ވިސާ އަދި މާސްޓާކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން މިއަދު ހަމަޖައްސައިފިއެވެ. މާފަންނު ވިލިމާލެ ފެރީ ޓާމިނަލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމްއެވެ.
16 Oct 2023
ޚަބަރު
ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 9
ފަލަސްތީނަށް ދެމުންފެންދާ ބޮމުގެ ހަމަލާތަކުގެ އިތުރުން، ޣައްޒާގެ ބޯޑަރު ފެންސުކައިރިއަށް އިސްރާއީލުން ވަނީ އެމީހުންގެ ހަނގުރާމަވެރި ޓޭންކްތަކާއި ހަތިޔާރުތައް ގެނަސް، ޣައްޒާގެ ބިން ބަލާފާސްކޮށް، ހަމާސް ނައްތާލުމަށްކަމަށް ބުނެ އެ ރަށަށް އެރުމަށް އިސްރާއިލް ސިފައިން ތިބީ ތައްޔާރުވެފައި.
15 Oct 2023
ޚަބަރު
މޯލްޑިވްސް އޯޝަން ހެކަތަން 2023 ފަށައިފި
"މޯލްޑިވްސް އޯޝަން ހެކަތަން 2023" މިއަދު ފަށައިފިއެވެ. މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މައްސަލަތަކަށް އޮތް ޙައްލު ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ ހެކަތަންއެކެވެ.
15 Oct 2023
ޚަބަރު
ސައުދީން ރާއްޖެއަށް 2.3 ބިލިއަން ރުފިޔާގެ އެހީ ދޭން މަޝްވަރާކޮށްފި
ސަޢުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް 2.3 ބިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް މަޝްވަރާކޮށްފިއެވެ. ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ.
15 Oct 2023
ޚަބަރު
އުންމީދަކީ ހަފްތާއެއްގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކުރުން: މުއިއްޒު
އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކުރެވުންކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
15 Oct 2023
ޚަބަރު
އެމްއެސްއެސްއިން ރާއްޖެއިން ބޭރުން އައްޑޫއަށް މުދާ ގެނެވޭނެ މަގުފަހިކޮށްދީފި
ރާއްޖެއިން ބޭރުން އައްޑޫ ސިޓީއަށް މުދާ ގެނައުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސް އިން ގަނެފައިވާ ކޮންޓެއިނަރ އުފުލާ ބޯޓު، މުދަލާއި އެކު އައްޑޫއަށް ބަނދަރުކޮށްފިއެވެ.
15 Oct 2023
ދުނިޔެ
ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 8
ޣައްޒާއާ ދެކޮޅަށް ހިންގާ "ހަނގުރާމައިގެ ޖަރީމާތައް" ވަގުތުން ހުއްޓާލުމަށް އީރާނުން އިޒްރޭލަށް އިންޒާރު ދީފައިވޭ، އަދި ހުއްޓާނުލައިފިނަމަ އޭގެ ބަދަލުގައި އިޒްރޭލަށް "ބޮޑު ބިންހެލުމެއް" ގެނުވާނެވަރުގެ ހަމަލާއެއް ދޭނެކަމަށް އިރާނުން ބުނެފައިވޭ.
14 Oct 2023
ޚަބަރު
ތ. ދިޔަމިގިލީ ސްކޫލްގައި 10 ކްލާސްރޫމްގެ ޢިމާރާތެއް އަޅަނީ
ތ.ދިޔަމިގިލީ ސްކޫލްގައި 10 ކްލާސްރޫމްގެ ޢިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
14 Oct 2023
ޚަބަރު
އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް
އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފިއެވެ. މި ޤަރާރު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ.
14 Oct 2023
ޚަބަރު
ޣައްޒާއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރެވޭނެ މަގެއް ފަހިކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފި
ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ. ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ފަލަސްތީނުގެ މަޢުސޫމު ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށްގެންދާ ޢަސްކަރީ ޙަމަލާތައް ވަނީ ކުއްވެރިކޮށްފައެވެ.
14 Oct 2023
ދުނިޔެ
ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 7
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ދީފައި ވަނީ، ޣައްޒާއިން މީހުން ނެރުމުގެ އަމުރަކީ ހޮސްޕިޓަލުގައި ތިބި ބަލިމީހުންނަށް "މަރުގެ ހުކުމެއް" ކުރުން ކަމަށް.
13 Oct 2023
ޚަބަރު
ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް މިފަހަރު ރާއްޖެއަށް
ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ. ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ހޮވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ.
13 Oct 2023
ދީން
ފަލަސްޠީނުގެ ބިމަކީ އެންމެ ގިނަ ނަބީންނާއި ރަސޫލުން އުފަންވެވަޑައިގެންނެވި އަދި ދިރިއުޅުއްވި ބިން
މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ، ފަލަސްޠީނުގެ މައްސަލައަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާ ލައްވާފައި. މިގޮތުން ފަލަސްޠީނުގައިވާ މަސްޖިދުލްއަޤުޞާ އާއި މުސްލިމުންނާއި ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނެފައި ވަނީ، އެބިމަކީ މާތްﷲ ބަރަކާތްލައްވަވާފައިވާ ބިން ކަމަށާއި، އެންމެ ގިނަ ނަބީންނާއި ރަސޫލުން އެބިމެއްގައި އުފަންވެވަޑައިގެންނެވި އަދި ދިރިއުޅުއްވި ބިންކަމަށެވެ. އަދި އެއީ، ކީރިތި ރަސޫލާ އިސްރާ ކުރެއްވެވުނު ބިންކަމަށާއި، އަދި އެކަލޭގެފާނު މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީވެސް އެބިމުންކަމުގައިވުމާއި، މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ މަސްޖިދުލް އަޤުޞާކަމުގައިވުންވެސް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
13 Oct 2023
ޚަބަރު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަކީ 50 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރު ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދެދެއްކަމަށްވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
13 Oct 2023
ޚަބަރު
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭ: މުއިއްޒު
ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުން ދެމުންދާ އެއްބާރުލުމާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ އަމިއްލަ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.