Advertisement

ފޮޓޯ: އެމްޓީސީސީ

16 Oct 2023
ޚަބަރު

އެމްޓީސީސީގެ ފެރީތަކުގައިވެސް މިހާރު ވިސާ އަދި މާސްޓާކާޑުން ފައިސާ ދެއްކޭނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީތަކަށް ވިސާ އަދި މާސްޓާކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން މިއަދު ހަމަޖައްސައިފިއެވެ. މާފަންނު ވިލިމާލެ ފެރީ ޓާމިނަލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމްއެވެ.

އެމްޓީސީސީިން ބުނީ މިއަދުން ފެށިގެން މާލެ-ވިލިމާލ،ެ މާލެ-ތިލަފުށ،ި މާލެ-ގުޅީފަޅު، އަދި މާލެ-ހުޅުމާލެ ފެރީ ޓިކެޓް އާރްޓީއެލް ޓްރެވެލް އެޕާއި ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން އާރްޓީއެލް މޯބައިލް އެޕާއި ވެބްސައިޓް މެދުވެރިކޮށް ކިއުއާރް ޓިކެޓު ގަނެގެންނާއި ގްރޭޓާ މާލޭ ފެރީ ޓާމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިއުއާރް ޓިކެޓް ގަނެގެން ފެރީގެ ހިދުމަތް ހޯދޭނެއެވެ.

ބީއެމްއެލް އާއި އެހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންޓެކްޓްލެސް ވިސާ ކާޑު، ކްރެޑިޓް، ޑެބިޓް އަދި މާސްޓާ ކާޑުން ޓާމިނަލްތަކުގައި ހަރުކޮށްފައި ހުރި ވެލިޑޭޓަރުތަކުގައި ޓެޕްކޮށްގެން ފެރީގެ ހިދުމަތަށް ފައިސާ ދެއްކޭނެ އެވެ.

ފޮޓޯ: އެމްޓީސީސީ

މިހާތަނަށް ހަމައެނަކި އާރްޓީއެލް ބަސްތަކުގައި ދެމުން ދިޔަ މި ހިދުމަތަކީ ފެރީތަކުން ދަތުރުކުރާ ކަސްޓަމަރުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ހިދުމަތެއްކަން ފާހަގަކުރެވުނު ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

"ވިސާ، މާސްޓާކާޑެއް އޮތްނަމަ ވިލިމާލެ ސަރަހަދަށް ދަތުރުކުރެވޭނެ، ގުޅިފަޅަށް ކުރެވޭނެ، ހަމަ އެގޮތަށް ތިލަފުއްޓަށް ވެސް ކުރެވޭނެ. އަދި ހަމަ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހަމަ ލ. ގަ ވެސް ކާޑު ޖައްސާލާފަ ދަތުރުކުރެވޭނެ،" އާޒިމް ވިދާޅުވިއެވެ.

ވިސާ ކާޑު އަދި މާސްޓާ ކާޑުގެ އިތުރުން އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ވެސް ފެރީ ޓިކެޓް ނެގޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި, އާރްޓީއެލް އެޕަށް އިތުރުކުރި އައު ފީޗާތަކާއެކު ފެރީ ޓިކެޓުގެ ތާރީހު ބަދަލުކޮށްލައި، ރީފަންޑް ހޯދަން ކަސްޓަމަރުންނަށް ފަސޭހަވެގެން ދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް އަދި އައްޑު ސިޓީގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.