Advertisement

ފޮޓޯ: ސީއެންއެން

17 Oct 2023
ޚަބަރު

ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ މުޅި އިސްލާމީ އުންމަތައް ދެމުންދާ ހަމަލާތަކެއް: އިމްރާން

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ މުޅި އިސްލާމީ އުންމަތަށް ދެމުންދާ ޙަމަލާތަކެއްކަމަށާއި، މިނިސްޓަރ އޮފް ހޯމްއެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ފަލަސްތީނަށް އިސްރާއިލުން ދެމުންދާ ހަމަލާތަަކަކީ މުޅި މުސްލިމް އުންމަތަށް ދެމުންދާ ހަމަލާތަކެއްކަމަށާއި، މުސްލިމު އުންމަތަށް އުފާވެރިކަން އަންނާނީ މުޅި މުސްލިމު އުންމަތް އެއްބައިވަންތަކަމާއެކު ތެދުވެގެން ކަމަށެވެ. 

އިސްލާމްދީނުގެ ހުރިހާވެސް ބާރަކީ އީމާންތެރިކަމާއެކު ދީނުގެ ހަމަތަކާ އުޞޫލުތައް ހިފެހެއްޓުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިސްލާމީ އުންމަތުގެ ގުޅުމަކީ ރަހިމުގެ ގުޅުމަށްވުރެ މާތް ގުޅުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަބަދުވެސް ހަނދާން ކުރަންވީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބިކަން ދައްކުވައިދޭކަމެއް، ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީން." ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ މެދު ކޮންމެ މުސްލިމަކުވެސް ވިސްނާ ފިކުރު ކުރަންޖެހޭކަމަށެވެ. އަދި އެ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރި ކުރާކަމަށާ، އެއީ މުޅި މުސްލިމު އުއްމަތައް ދޭ ހަމަލާތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.