އަދާލަތު ޕާޓީ
17 Oct 2023
ޚަބަރު
ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ މުޅި އިސްލާމީ އުންމަތައް ދެމުންދާ ހަމަލާތަކެއް: އިމްރާން
ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ މުޅި އިސްލާމީ އުންމަތަށް ދެމުންދާ ޙަމަލާތަކެއްކަމަށާއި، މިނިސްޓަރ އޮފް ހޯމްއެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
08 Oct 2023
ޚަބަރު
ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށް އަދާލަތު ޕާޓީންވެސް ގޮވާލައިފި
ފަލަސްޠީނުގެ ބިންތައް މިނިވަންކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫޢަވެވޭނެ މަގުފަހިކޮށްދިނުމަށް އަދާލަތު ޕާޓީންވެސް ގޮވާލައިފިއެވެ.
04 Oct 2023
ޚަބަރު
އެމްޑީޕީއާއި އަދާލަތު ޕާޓީގެ ތާއީދެއްވެސް ބަރުލަމާނީއަކަށް ނެތް!
ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަކަމަށް އެމްޑީޕީއާއި އަދާލަތު ޕާޓީންވެސް ނިންމައިފިއެވެ.  ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤަރާރާ ގުޅިގެން، އެމްޑީޕީން ގޮތެއް ނިންމުމަށް ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ރޫހުވެސް ހުރީ ރިޔާސީ ނިޒާމު ދަމަހައްޓައި، ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމަށެވެ.
28 Sep 2023
ދީން
ސިހުރަކީ ބޮޑުވެގެންވާ ހަތް ފާފައިގެ ތެރޭގައި ހިމެނޭ ޢަމަލެއް، އެކަމާ ދުރުހެލިވޭ: ޑރ. އިޔާޒް
އެ ޕާޓީން އާންމުކޮށްފައިވާ ވީޑިއޯގައި ޑރ. މުޙައްމަދު އިޔާޒް ވިދާޅުވީ، މި ދުވަސްވަރަކީ ސިޔާސީގޮތުން ވަރަށް ހަލަބޮލި، އެހާމެ ވާދަވެރި ދުވަސްވަރެއްކަމަށާއި، މި ދުވަސްވަރުގައި ވާދަވެރިން ކާމިޔާބު ހޯދުމުގެ ނިޔަތުގައި އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ސިޙުރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.