Advertisement

މެންބަރު އިމްރާން ލަތީފް އެކްސިޑެންޓް ހިނގި ސީންގައި ހަރަކާތްތެރިވަނިކޮށް ނަގައި ޕޯސްޓްކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް. --

04 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފްގެ ޢަމަލުތައް އަދާލަތު ޕާޓީން ކުށްވެރިކޮށްފި

ކުރީގެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުالله މިއަދު ދަތުރުކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން, އެހާދިސާގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް ވެދެވަޑައިގެން ހިންގެވި ޢަމަލުތައް އަދާލަތު ޕާޓީން ކުއްވެރިކޮށްފިއެވެ.

އަދާލަތު ޕާޓީން ބުނީ، އެ އެކްސިޑެންޓް ހިނގުމުން، ފުލުހުން އެ ސީނަށް ހާޒިރު ވަންދެން ޝައިޚް އިމްރާން އަދި ޕިކަޕް ދުއްވި ޑްރައިވަރ މަޑުކުރައްވައިގެން ތިއްބަވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ހާޒިރުވެ, ޝައިޚް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް, ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެކަން އެޕާޓީގެ ފަރާތުން ކުއްވެރި ކުރާ ކަމަށެވެ.

ފުލުހުން އައުމުގެ ކުރިން އެސީންގެ ތެރެއަށް ވަދެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް ވަނީ، ޕިކަޕް ޑްރައިވަރަކީ ނިކަމެތި ފަޤީރެއް ކަމަށްވާތީ، އޭނާއަށް ޝައިޚް އިމްރާން މަޢާފް ދެއްވުަމަށް އެދިވަޑަިއގަންނަވާ ކަމަށާއި އަދި ޝައިޚް އިމްރާން މަޢާފް ނުދެއްވާނެ ނަމަ، ޝައިޚް އިމްރާންގެ ކާރަށް ލިބުނު ގެއްލުން އެ މެމްބަރުގެ ޚަރަދުގައި މަރާމާތުކޮށް ދެއްވަން ބޭނުންވާ ކަމަށެވެ. އަދި އޭނާގެ އެހުށައެޅުން ވީޑިއޯކޮށް ވަނީ ސޯޝަލް މީޑިއާއަށްވެސް ލާފައެވެ.

އަދާލަތު ޕާޓީން ބުނީ، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު އެ ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވުމާއި, ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަ ފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަން ކަމަށެވެ. މީގެ އިތުރުން، އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިންވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަން ނޫންކަމުގައި އަދާލަތު ޕާޓީން ފާހަގަކޮށްފައިވެއެވެ.

މަގުމަތީގެ އެކްސިޑެންޓެއް ހިނގުމުން އެ އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓު ނުކުރުމަކީވެސް ޤާނޫނީ ކުށެކެވެ. އަދި އެކްސިޑެންޓް ރިޕޯޓްކުރުމަށްފަހުގައި ދެފަރާތް ސުލުހަވުމަަށް، އަދި ލިބުނު ގެއްލުމެއްގެ ބަދަލާއި މެދު ދެފަރާތުން ވާހަކަ ދައްކައިގެން ގޮތެއް ކަނޑައެޅުމަށްވެސް ފުލުހުން ފުރުޞަތު ދެއެވެ. އެހެން ނަމަވެސް މިހާދިސާގައި ފާހަގަވެގެން ގޮސްފައި ވަނީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓް ނުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެދިވަޑައިގަންނަވާ ފަދަ މޭރުމެކެވެ.

ކޮމެންޓް
ޖުހާ
އޭނާގެ ވާހަކަ ވަރަށް ސާފު ގާނޫނަށް ބަލާކަށް ނުޖެހޭ. ފުލުހަކަށް މަޑުކުރާކަށް ނުޖެހޭ
05 May 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.