Advertisement

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން --

28 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

​ކުރީގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަނީ

ޢެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަޤާމް ފުރުއްވި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބުދުﷲ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައި އެކަން ޢިއުލާނު ކުރައްވައިފިއެވެ.

ކުރީގެ މިނިސްޓަރ ޢިމްރާން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާނެކަން ޢަދާލަތުޕާޓީން ވަނީ ޢިއުލާނުކޮށްފައެވެ. އެޕާޓީން ބުނީ މަޖިލީހަށް އެޕާޓީގެ ރައީސް އިމްރާން ވާދަކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާއަށެވެ. އެދާއިރާއަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި އަދާލަތުޕާޓީއަށް ގޮނޑިއެއް ކާމިޔާބު ކުރެވުނު ހަމައެކަނި ދާއިރާއެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެގޮނޑި ފުރުއްވީ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނަޢީމެވެ.

މީގެ އިތުރުން އަދާލަތު ޕާޓީން ވާދަކުރާނެކަން ޢިއުލާނުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުންނަކީ:

1- ޙުސައި ސަޤީފް - ވައިކަރަދޫ ދާއިރާ.

2- އިސްމާޢީލް ޙަމީދު - ފުނަދޫ ދާއިރާ

3- އިސްމާޢީލް ޢަލީ - އިނގުރައިދޫ ދާއިރާ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭ ގޮތުން އެމްޑީޕީއާ އަދާލަތުޕާޓީން މަޝްވަރާކޮށްފައިވެއެވެ. އެހެން ނަމަވެސް މަޖިލީހުގެ އިންތިޚާބުގައި ދެޕާޓީ ގުޅިގެން ވާދަކުރުމާއި ގުޅޭ ގޮތުން އެ ދެޕާޓީންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 96 ދާއިރާއެއް އޮތް އިރު އެމްޑީޕީންވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެޕާޓީން ކެންޑިޑޭޓުން ނެރޭނެ ކަމަށް ބުނެ ފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.