Advertisement

އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާޢީލް އަދާލަތު ޮާޓީގެ ބައެއް މެމްބަރުންނާއި އެކުގައި ---

18 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އިސްލާހީ ދަތުރުގަ އަދާލަތު ޕާޓީއަކީ މުހިންމު ބައިވެރިއެއް: ފައްޔާޒް

އިސްލާހީ ދަތުރުގަ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ އަދި ދިވެހިރައްޔިތުންގެ މުހިންމު ބައިވެރިއެއް ކަމުގައި އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަދާލަތު ޕާޓީގެ 19 ވަނަ އަހަރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ރައީސް ޝައިޚް އިމްރާނަށާއި ޕާޓިގެ އިލްމުވެރިންނަށާއި އެންމެހާ މެންބަރުންނަށް ފޮނުއްވައި ކުރެއްވި ޕޯސްޓްގައެވެ.

ފައްޔާޒު ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި ޢަދާލަތު ޕާޓީއިން ސާބިތުކޮށްދިނީ ސިޔާސީ ޕާޓީތަކަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް މުހިންމުކަން ކަމަށާއި، އަދި ރާއްޖޭގައި މެދުނުކެނޑި ދެމިއޮތް ދެވަނަޔަށް އެންމެ ދޮށީ ސިޔާސީ ޕާޓީގެ ހައިސިއްޔަތުން އަދާލަތުގެ ތަޖުރިބާ ރާއްޖޭގެ ސިޔާސީ މަސްރަހަށް ނުހަނު މުހިންމުކަން ކަމަށެވެ. އަދި އިސްލާހީ ދަތުރުގަ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ އަދި ދިވެހިރައްޔިތުންގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ އެމަނިކުފާނުގެ ތަޖުރިބާގައި ޢަދާލަތު ޕާޓީއަކީ ސިޔާސީ މަސައްކަތުގައި އިތުބާރުކުރެވޭ އަދި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވުނު މަސައްކަތުގެ އިހްލާސްތެރި ބައިވެރިއެއް ކަމަށެވެ.

ޢަދާލަތު ޕާޓީއަކީ، 18 އޮގަސްޓް 2005 ގައެވެ. އެޕާޓީއަކީ، ރާއްޖޭގައި މިހާރު އޮތް ދެވަނައަށް އެންމެ ގިނަ ދުވަސްވީ ޕާޓީއެވެ.

ކޮމެންޓް
ރަޝީދާ ފޭދޫ
ތީކީ އިސްލާހައް މަސައްކަތްކުރާ ބައެއްނޫން ތީމިގައުމުފަނާކުރާ ބައެއް ތީމިގައުމައް ޖެހުނު ބޮޑުބަލާއެއް ބަލަ އަދިވެސް ނޭގޭތަ ޕާޓީފަނާނުކޮއް އިސްތިއުފާދީފަ ދާކައް
18 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.