Advertisement

04 Oct 2023
ޚަބަރު

އެމްޑީޕީއާއި އަދާލަތު ޕާޓީގެ ތާއީދެއްވެސް ބަރުލަމާނީއަކަށް ނެތް!

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަކަމަށް އެމްޑީޕީއާއި އަދާލަތު ޕާޓީންވެސް ނިންމައިފިއެވެ. 

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤަރާރާ ގުޅިގެން، އެމްޑީޕީން ގޮތެއް ނިންމުމަށް ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ރޫހުވެސް ހުރީ ރިޔާސީ ނިޒާމު ދަމަހައްޓައި، ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމަށެވެ.

ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި މެންބަރުން ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަތަށް ފާޅުގައި ދެކޮޅު ހައްދަވާނެކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ތިއްބެވީ "ނަޝީދު ނޫންގޮތެއް"ގައިކަމަށްވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤަރާރާ ގުޅިގެން، އަދަލާތު ޕާޓީން ގޮތެއް ނިންމުމަށް ރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާގުންވެސް ވަނީ ރާއްޖޭގައި ފެންނަން އޮންނަ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ފާސް ކުރައްވާފައެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ

ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށައެޅީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އެ ގަރާރު ފާސްކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ޤަރާރާއި ގުޅިގެން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން މިހާރު އޮތް މުއްދަތުގައި އެވޯޓު ނުގެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މަޖިލީހަށް އަންގާފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޑިމޮކްރެޓްސްގެ މެމްބަރުން ފިޔަވައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކުންވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.