Advertisement

ޑރ. އިޔާސް

28 Sep 2023
ދީން

ސިހުރަކީ ބޮޑުވެގެންވާ ހަތް ފާފައިގެ ތެރޭގައި ހިމެނޭ ޢަމަލެއް، އެކަމާ ދުރުހެލިވޭ: ޑރ. އިޔާޒް

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ، އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވެރިކަން ކުރާ އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއިން ސިޙުރުން ރައްކާތެރިވުމަށް ގޮވާލައްވައިފިއެވެ. އެ ޕާޓިން ފާހަގަ ކުރައްވާފައިވާ ގޮތުގައި، މިއީ ރިޔާސީ އިންތިހާބާ ގުޅިގެން އިދިކޮޅުން ސިޙުރު ހަދާކަމުގެ ވާހަކަ ދެކެވޭތީ، އެކަމުން ރައްކާތެރިވުމަށް ދިވެހި ރައްޔިތުންނަށް ދެއްވާ އިރުޝާދެއް ކަމަށެވެ.

އެ ޕާޓީން އާންމުކޮށްފައިވާ ވީޑިއޯގައި ޑރ. މުޙައްމަދު އިޔާޒް ވިދާޅުވީ، މި ދުވަސްވަރަކީ ސިޔާސީގޮތުން ވަރަށް ހަލަބޮލި، އެހާމެ ވާދަވެރި ދުވަސްވަރެއްކަމަށާއި، މި ދުވަސްވަރުގައި ވާދަވެރިން ކާމިޔާބު ހޯދުމުގެ ނިޔަތުގައި އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ސިޙުރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި، މި ޢަމަލުގެ ނުބައިކަން ވެސް ޑރ. އިޔާޒު އޮޅުންފިލުވާދެއްވިއެވެ.

"މިފަދަ ކަންކަމުގެ ސަބަބުން އެކަންކުރާ މީހުން އިސްލާމްދީނުން ބޭރުވެގެން ދޭ، ސަބަބަކީ ސިޙުރަކީ ކުފުރުގެ ޢަމަލެއް ކަމަށްވާތީވެ، އަދި ބޮޑުވެގެންވާ ހަތްފާފައިގެ ތެރޭގައިވެސް ހިމެނޭ ކަމަކަށްވާތީވެ."

ޑރ. އިޔާޒު އިތުރަށް ވިދާޅުވީ، ސިޙުރުވެރިޔަކަށް ސިޙުރުން ކުޑަ މިންވަރެއްވެސް ﷲ ތަޢާލާ އަށް ޝިރްކު ކުރުމަކާއި ނުލާ ނުހެދޭނެކަމަށާއި، ސިޙުރު ހަދާ މީހާ ކުފުރުވާނެ ކަމަށެވެ. އަދި މީގެ އިތުރުން ދުނިޔަވީ ނަޡަރަކުން ބަލައިފިނަމަ، އިންތިޚާބުގެ ނަޒާހާތްތެރިކަން ގެއްލިގެންދާފަދަ ކަމަކަށްވެސް މިކަން ވެގެންދާކަމަށާއި، މިފަދަ ކަންކަމުން ނަފްސު ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރުމަށް ޑރ. އިޔާޒު ގޮވާލެއްވިއެވެ.

ސިޙްރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލައްވައި ޑރ. އިޔާޒު ވިދާޅުވީ، އަޅުކަންތަކަށް ރައްކާތެރިވުމަށާއި، ހެނދުނާއި ހަވީރުގެ ޛިކްރުތަކަށް ރައްކާތެރިވުން މުހިންމު ކަމަށެވެ.

"އެގޮތުން ﷲ ފަރްޟުކުރެއްވި އެންމެހައި ކަންތަކަށް ފުރިހަމަ އަށް ރައްކާތެރިވެތިބެ، އަދި ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވެ ތިބެ، ހެނދުނާއި ހަވީރުގެ ޛިކްރުތަކަށް ފުރިހަމަ އަށް ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމެއް. މިރައްކާތެރިކަން އަޅުގަޑުމެން ހޯދައިގެން ތިބެއްޖެނަމަ، ކިތަންމެ މޮޅު ސިޙުރެއް ހެދިނަމަވެސް، ﷲ ގެ ރަޙްމަތާއި އެކު އަޅުގަޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާނެ".

ސިޙްރާއި ގުޅިގެން ޑރ. އިޔާޒު ދެއްކެވި ވާހަކަ ކޮޅު

ޑރ. އިޔާޒުގެ ވާހަކަކޮޅު ނިންމާލައްވަމުން ވިދާޅުވީ، ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ޤާއިމްކުރަން ބޭނުންނަމަ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ޖާގަދެވެންޖެހޭކަމަށާއި، ސިޙުރާއި އެނޫންވެސް ޣައިރު ޝަރްޢީ އަދި ޣައިރު ޤާނޫނީ ގޮތްގޮތުން އިންތިޚާބުގެ ނަތީޖާ އާއި ކުޅެން މަސައްކަތްކުރުމަކީ، މުޅި މުޖްތަމަޢުގެ އަމަންއަމާން ކަމާއި ހަމަޖެހުމަށް ލޮޅުން އަރާފާނެ ކަމެއްކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.