Advertisement

ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ދެއްކުމުގެ ގޮތުން ކެނެޑާގައި ބޭއްވި ހިނގާލުން - ފޮޓޯ: ޖެސިކާ ލީ/ރޮއިޓާސް

15 Oct 2023
ދުނިޔެ

ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 8

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 8 ވަނަ ދުވަސް، 14 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާއާ ދެކޮޅަށް ހިންގާ "ހަނގުރާމައިގެ ޖަރީމާތައް" ވަގުތުން ހުއްޓާލުމަށް އީރާނުން އިޒްރޭލަށް އިންޒާރު ދީފައިވޭ. އަދި ހުއްޓާނުލައިފިނަމަ އޭގެ ބަދަލުގައި އިޒްރޭލަށް "ބޮޑު ބިންހެލުމެއް" ގެނުވާނެވަރުގެ ހަމަލާއެއް ދޭނެކަމަށް އިރާނުން ބުނެފައިވޭ.

🔴 އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ފުޅާކުރުމަށް ތައްޔާރުވަމުންދާކަމުގެ އިޝާރާތްކޮށްފައި. އަދި ވަޔާއި، ކަނޑާއި، އެއްގަމު މަގުން ފުޅާ ދާއިރާއެއްގައި ޙަމަލާތައް ރާވާފައިވާ ކަމަށް ބުނެފައިވޭ.

🔴 މީގެ އިތުރުން އެމެރިކާއިން ބުނެފައިވަނީ އީރާނާއި ލުބުނާނުގެ ހިޒްބުالله އަށް ހުރަސްއެޅުމުގެ ގޮތުން މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރެއް މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށް ބަދަލުކުރާނެ ކަމަށް.

🔴 އިސްރާއީލުން ޣައްޒާއަށް ރޭގަނޑު ވެސް ހަމަލާތައް ދީފައިވޭ. އަނެއްކޮޅުން އިޒްރޭލުން ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްއަށް ވަދެ ފާސްކުރިއިރު، ހަމާސްގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ ޓެލްއަވީވް ސިޓީއާ ދިމާލަށް ރޮކެޓްތައް ފޮނުވާލާފައި.

🔴 އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 2،215 މީހުން މަރުވެ 8،714 މީހުން މިހާތަނަށް ޒަޚަމްވެފައިވޭ. އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،300 އަށް އަރާފައިވާއިރު، 3،400 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވޭ. ހިފާފައިވާ ހުޅަނގު އައްސޭރީގައި ފާއިތުވި ހަފްތާގައި އިސްރާއީލުން ދިން އެހެނިހެން ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 50 އަށް ވުރެ މައްޗަށް އަރާފައި.

🔴 ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ދެއްކުމުގެ ގޮތުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި ހިނގާލުމުގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވޭ. އިނގިރޭސިވިލާތުގެ އެހެން ބައެއް ސިޓީތަކުގައި ވެސް އެއްވުންތައް ބާއްވާފައި ވާއިރު، އޭގެ ތެރޭގައި މެންޗެސްޓާ ވެސް ހިމެނޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.