Advertisement

އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި އަނިޔާވެފައި ކުއްޖަކު، ފޮޓޯ: ރޮއިޓާސް

17 Oct 2023
ދުނިޔެ

ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 10

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 10 ވަނަ ދުވަސް،16 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 2،808 މީހުން މަރުވެ 10،859 މީހުން ޒަޚަމްވެފައިވޭ.

🔴 ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިންޒާރު ދީފައިވާ ގޮތުގައި ޣައްޒާގައި ބާކީ ހުރީ އެންމެ 24 ގަޑިއިރު ބޭނުންކުރާނެ ފެނާއި، ކަރަންޓާއި، ތެޔޮ.

🔴 ވަށާލާފައިވާ ޣައްޒާއަށް އިންސާނީ އެހީ ލިބޭނެ ގޮތް ހެދުމަށް އ.ދ. ގެ އިންސާނިއްޔަތަށް މަސައްކަތްކުރާ ގޮފީގެ ޗީފް، މާޓިން ގްރިފިޓްސް، މެދުއިރުމައްޗަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފައްޓަވައިފި.

🔴 އެމެރިކާގައި އާދީއްތަ ދުވަހު ވަޅިން ހަމަލާދީ މަރާލި ފަލަސްތީނުގެ 6 އަހަރުގެ ކުއްޖާގެ ޖަނާޒާ ޗިކާގޯގައި ބާއްވައިފި. ފުލުހުން ބުނާ ގޮތުގައި އެކުއްޖާ އާއި އޭނާގެ މަންމައަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެއީ މުސްލިމް އަދި ފަލަސްތީނުގެ ދަރިފަސްކޮޅުގެ އާއިލާއަކަށް ވާތީ.

🔴 އަނެއްކާވެސް އީރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ގެ އިންޒާރެއް. މި ފަހަރު ވިދާޅުވީ އިސްރާއީލުގެ ހަމަލާތައް ކުރިޔަށްދާނަމަ އީރާނަށް ތާއީދުކުރާ ބާރުތަކާއެކު ވަރަށް އަވަހަށް އިސްރާއީލަށް ހަމަލާތައް ދޭނެކަމަށް

🔴 ލުބުނާނުގެ ހިޒްބުاللهއަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި. ނަމަވެސް ހިޒްބުاللهއިން ގެންގުޅޭ ވަރުގަދަ ހަތިޔާރުތަކަކީ އިސްރާއީލަށް އޮތް ބޮޑު ބިރެއްކަމަށް އަލް ޖަޒީރާގެ ނޫސްވެރިން ރިޕޯޓުކުރޭ.

🔴 އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ރަށްތަކަށް ހަމާސްއިން ކުއްލިއަކަށް ދިން ހަމަލާތައް ހުއްޓުވުމަށް ނާކާމިޔާބުވުމުގެ ޒިންމާ އިސްރާއީލުގެ "ޝިން ބެޓް" އިންޓެލިޖެންސް އެޖެންސީގެ ވެރިޔާ ނަގައިފި.

🔴 ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިން މަދުވެގެން 92 މީހަކު ބަންދުކޮށްފައިވާކަމަށް، ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތަކުން ބުނެފި.

🔴 ހަމާސްގެ ބެލުމުގެ ދަށުގައި އިސްރާއީލުގެ 200 އާއި 250 އާ ދެމެދުގެ އަދަދަކަށް މީހުން ބަންދުކޮށްފައި ތިބިކަމަށް ހަމާސްގެ ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އޮބެއިދާ ވިދާޅުވެއްޖެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.