ޚަބަރު
23 Oct 2023
ޚަބަރު
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ހުށައެޅުނު މިންވަރު އިތުރުވެއްޖެ
ޖެންޑާ މިނިސްޓްރީން އާއްމުކޮށްފައިވާ، ތަފާސް ހިސާބުގައި ވާގޮތުން ސެޕްޓެމްބަރު މަހު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ހުށައަޅާފައެވެ. އޭގެ ތެރެއިން، 23 މައްސަލަ އަކީ ޖިންސީ އަނިޔާގެ މައްސަލައެވެ. އޮގަސްޓްމަހު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 96 މައްސަލަ ހުށައަޅާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާގެ، 18 މައްސަލައެވެ.
23 Oct 2023
ޚަބަރު
މުހިއްމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައެއް ނުވާނެ: އެފްއެސްއެމް
އެފްއެސްއެމްއިން ނެރުނު ނޫސްބަޔާނުގައި ބުނީ، އެކުންފުނިން ނައްތާލާފައި ވަނީ، ކުންފުންޏަށް ކޮންމެހެން ބޭނުން ނުވާ ގިނަ ދުވަސްވެފައި ހުރި ލިޔެކިޔުންތައް ކަމަށެވެ. އަދި އެފަދަ ލިޔެކިޔުންތައް ނައްތާލުމަކީ ކުންފުނިން ކުރަމުން އަންނަ ކަމެއް ކަމުގައި އެފްއެސްއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
23 Oct 2023
ޚަބަރު
ފަލަސްޠީން މައްސަލައިގައި ރާއްޖެއިން އދ. އަށް ކުއްލި މައްސަލައެއް
އިސްރާއީލުން ފަލަސްޠީނަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން އދ. ގެ އާންމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ދިވެހިރާއްޖެއިން އެދިއްޖެއެވެ.
23 Oct 2023
ޚަބަރު
ފަލަސްތީނަށް އެހީވުމަށް ސްޓެލްކޯއިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފި
މި ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯ ބޯޑު ރޯމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. އަދި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލެވެ.
23 Oct 2023
ޚަބަރު
މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ބިލު އަވަސްކުރުމަށް މަސީން ގޮވާލައިފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތު" އަވަސްކުރުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ގޮވާލައިފިއެވެ.
23 Oct 2023
ވިޔަފާރި
އިނގިރޭސިވިލާތުގެ ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
އިނގިރޭސިވިލާތުގެ ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތަކީ ރާއްޖެއަށް މިހާރު 4 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށްވަނީ 117253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
23 Oct 2023
ޚަބަރު
ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ކުންފުނިތައް ބަދަލުވާކަށް ނުޖެހޭ: އަސްލަމް
ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ދައުލަތުގެ ހުރިހާ ކުންފުންޏެއްގެ މުވައްޒަފުން ބަދަލުވާން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
23 Oct 2023
ޚަބަރު
އާރުޓީއެލް ބަސް ޑްރައިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި
އެމްޓީސީސީ، އާރުޓީއެލް ބަސް ޑްރައިވަރުންނާއި ޑްރައިވަރުންގެ އެހީތެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
23 Oct 2023
ދުނިޔެ
މިހާތަނަށް ފަލަސްތީނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ފާއިތުވި 24 ގަޑިއިރު: ދުވަސް 16
ފާއިތުވި 24 ގަޑިއިރަކީ، އޮކްޓޯބަރ 7 ގައި ޣައްޒާއަށް ހަމަލާތައް ދޭންފެށިފަހުން އެންމެ ލޭ އޮހޮރުވުން ގިނަ ވަގުތު. ފަލަސްތީނުގެ ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގައި އިސްރާއީލުން 25 އަށް ވުރެ ގިނަ ރޮކެޓް ހަމަލާތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދީފައިވާއިރު، މިހާތަނަށް 400 އަށް ވުރެން ގިނަ މީހުން މަރުވެފައިވާކަމަށް ކަށަވަރުވެފައިވޭ.
22 Oct 2023
ޚަބަރު
ދިރާގު ރޯޑްރޭހުގެ ބައިވެރިން ދުވުމަށް ހަމަޖައްސާފައިވާ މަގުތަކުގައި ހުރި އުޅަނދުތައް ނަގަށް އާބަންކޯއިން އަންގައިފި
އާބަންކޯއިން ބުނީ، 2023 އޮކްޓޫބަރު 27ވާ ހުކުރުދުވަހުގައި އޮންނަ، ދިރާގު ރޯޑު ރޭހުގެ ބައިވެރިން ދުވުމަށް ހަމަޖައްސާފައިވާ މަގުތަކުގައި ހުރި އުޅަނދުތައް ހުކުރު ދުވަހުގެ ކުރިން ނެގުމަށް އަންގާ ކަމަށެވެ.
22 Oct 2023
ޚަބަރު
ވިނަރެސް ފްލެޓްތަކުގެ އިންޓަރެސްޓް %9އިން %6އަށް ކުޑަކޮށްފި
މިކަމާއި ގުޅޭ ގޮތިން އާބަންކޯ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ދިގު މުއްދަތަކަށް ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ދޫކޮށްފައިވާ ވިނަރެސް ފްލެޓްތަކަށް ނަގާ ކުލީގެ އިންޓަރެސްޓް ރޭޓް ކުޑަކުރުމަށް ނިންމާފައި ވަނީ ފްލެޓްތައް ގަނެފައިވާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. މިގޮތުން 25 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކޮށްފައިވާ މި ފްލެޓްތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކުރުމުން، ފުލެޓަށް ދައްކަންޖެހޭ ޖުމުލަ ފައިސާގެ އަަދަދުން މިލިޔަނެއްހައި ރުފިިޔާ އުނިވެގެންދެއެވެ.
22 Oct 2023
ޚަބަރު
ރަކީދޫ ސެޓަލައިޓް ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށައިފި
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެންމެ ފުރަތަމަ މަސައްކަތް ކުރީ، މިއަހަރުގެ ދިރާސީ އަހަރު ފެށޭއިރު އެސްކޫލުގައި ކިޔަވައިދޭން ފެށުމަށެވެ. މިއަދު ކިޔަވައިދޭން ފެށި އިރު، މިއަދަކީ، ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ މިޑްޓަރމް ބްރޭކަށް ސްކޫލުތައް ބަންދުވެފައި ހުޅުވުނު ފުރަތަމަ ދުވަހެވެ.
22 Oct 2023
ޚަބަރު
ފުލުހުން އެފްއޭމްގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހްޤީޤު ފަށައިފި
ފުލުހުން ބުނެފައި ވަނީ އެފްއޭމްގެ މައްސަލަ ތަޙްޤީޤުކުރަން ފަށާފައި ވަނީ، ތުހުމަތު ކުރެވޭ ފައިސާގެ މައްސަލަތައް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވައިދިނުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާތީކަަމަށެވެ.
22 Oct 2023
ވިޔަފާރި
މި މަސް ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ހަމަވާނެކަމަށް އަންދާޒާކޮށްފި
މި މަސް ނިމުމުގެ ކުރިން ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފިއެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،464،340 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %13.6 އިތުރު އަދަދެކެވެ.
22 Oct 2023
ޚަބަރު
މިމަހުގެ މިހާތަނަށް 8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
މިމަހުގެ މިހާތަނަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަސްއިން ބުނެފިއެވެ.
22 Oct 2023
ޚަބަރު
ފަލަސްތީން މައްސަލައާއި ގުޅޭ ގޮތުން އިންތިހާބީ ރައީސާއި އުރުދުގާން ފޯނުން މަޝްވަރާކުރައްވައިފި
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޯނުން ގުޅުއްވައި ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމަ އާއި މެދުއިރުމަތީގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.