Advertisement

ހުޅުމާލެ ، ފޮޓޯ: އާބަންކޯ

22 Oct 2023
ޚަބަރު

ދިރާގު ރޯޑްރޭހުގެ ބައިވެރިން ދުވުމަށް ހަމަޖައްސާފައިވާ މަގުތަކުގައި ހުރި އުޅަނދުތައް ނަގަށް އާބަންކޯއިން އަންގައިފި

މިއަހަރުގެ ދިރާގު ރޯޑްރޭހުގެ ބައިވެރިން ދުވުމަށް ހަމަޖައްސާފައިވާ މަގުތަކުގައި، ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ބުނީ، 2023 އޮކްޓޫބަރު 27ވާ ހުކުރު ދުވަހުގައި އޮންނަ، ދިރާގު ރޯޑު ރޭހުގެ ބައިވެރިން ދުވުމަށް ހަމަޖައްސާފައިވާ މަގުތަކުގައި ހުރި އުޅަނދުތައް ހުކުރު ދުވަހުގެ ކުރިން ނެގުމަށް އަންގާ ކަމަށެވެ.

ދިރާގު ރޯޑުރޭސް ފަށާނީ ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. މިގޮތުން އުޅަނދުތައް ނެގުމަށް އަންގާފައި ވަނި ހުޅުމާލެ ރީތިގަސްމަގާއި، ރަބަރުގަސް މަގާއި، މިދިލިމަގާއި، ފިތުރޯނު މަގާއި އޯކިޑުމާ ހިނގުމާއި، ކުރެދިމާ ހިނގުމުގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ފަހަރެވެ.

ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމެވެ. މިފަހަރުގެ ދިރާގު ރޯޑު ރޭހުގައި 4000 ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމުގައި ދިރާގުން ވަނީ ބުނެފައެވެ. މިއަހަރުގެ ދުވުންވެސް ދިރާގުން ޚާއްޞަކޮށްފައި ވަނީ ކުޑަކުދިންނަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.