Advertisement

އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް --

24 Oct 2023
ޚަބަރު

އިންތިޚާބީ ދާއިރާތަކާއި މެދު އެންމެ ގިނަ ޝަކުވާ ހުށައަޅާފައި ވަނީ އައްޑޫ ސިޓީން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން އެންމެ ގިނަ ޝަކުވާ ލިބިފައި ވަނީ އައްޑޫ ސިޓީންކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ލިބިފައިވާ ޝަކުވާތަކާއި ޚިޔާލުތަކާއި މެދު، 2023 ނޮވެމްބަރު 5 ގެ ކުރިން އީސީ އިން ގޮތެއް ކަނޑައަޅައި، އަދި އެ ޝަކުވާއެއް ނުވަތަ ޚިޔާލު ހުށަހެޅި ފަރާތްތަކަށް އީސީ އިން ނިންމާ ނިންމުން ސަބަބާއެކު އަންގާނެކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމު ކުރި މައުލުމާތަށް ބަލާއިރު، އިތުރުވި ދާއިިރާތަކާއި ގުޅޭ ގޮތުން އެންމެ ގިނަ ޝަކުވާ ހުށައަޅާފައި ވަނީ އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާއަށެވެ. އެދާއިރާއާ ގުޅޭ ގޮތުން 44 ޝަކުވާއެއް ކޮމިޝަނަށް ހުށައަޅާފައި ވެއެވެ.

އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާއާ ގުޅޭ ގޮތުން 44 ޝަކުވާއެއް ހުށައަޅާފައި ވާއިރު، އެހެން ދާއިރާތަކާއި ގުޅޭ ގޮތުން ޝަކުވާ ނުވަތަ ޚިޔާލު ހުށައަޅާފައި ވަނީ، އެންމެ ގިނަވެގެންވެސް ދެ ފަރާތަކުންނެވެ.

އާބާދީއަށް އަންނަ ބަދަލާއި ގުޅިގެން އިދާރީ ދާއިރާތަކަށް ކޮންމެ 5 އަހަރަކުން ބަދަލުތައް ގެނެއެވެ. މިގޮތުން ކޮންމެ 5 އަހަރަކުން މަޖިލީހަށް 6 ގޮނޑިއެއް އިތުރުވަމުން އަންނައިރު، 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އިތުރުވި 6 ގޮނޑިއާއެކު، އަލަށް އިންތިޚާބުވާ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.